
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ކުދި ވިޔަފާރިތަކަކީ ޤައުމަށް މުހިންމު ބައެއް ކަމުގައި ބަލައިގަނެފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއަށް 8 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ބީސީސީއަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ވިޔަފާރިތައް ފަށަންވީގޮތާއި ފަށައިގެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދުތައް ދެއެވެ. އަދި ކުދި ވިޔަފާރިތަކުގެ އިފެއްދުންތައްވެސް ބީސީސީއިން އަންނަނީ ޕްރޮމޯޓްކޮށްދެމުންނެވެ.
ބީސީސީއަށް 8 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޟާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މުޙައްމަދު ސައީދު ވިދާޅުވީ، 8 އަހަރުގެ ތެރޭގައި ކުންފުނި އުފެދިގެން އައި މަޤްސަދު ވަރަށް ރަނގަޅަށްވެސް ހާސިލްވަމުން އަންނަކަމަށެވެ.
Congratulations @BCC_mv.
Marking 8 years of dedicated service, each adding value toward fulfilling the institution’s core purpose, is commendable and encouraging for our nation. In a country fueled by an energetic entrepreneurial spirit and a young generation eager to lead… pic.twitter.com/52S5LCskdx— Mohamed Saeed (@em_saeed) July 5, 2025
ރާއްޖެއަކީ ގިނަ އަދަދެއްގެ ވިޔަފާރިތައް އުފެދެމުން އަންނަ ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދި ވިޔަފާރިތަކުން އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަން ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ކުދި ވިޔަފާރިތަކަށް ވަރަށް މުހިންމު އިސްކަމެއްދީފައިވާކަން ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކްރިއޭޓިވް އިކޮނޮމީއެއް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރަކުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރުކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ވިޔަފާރިތަކާއި ގުޅުންހުރި ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ބީސީސީއިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ. ބީސީސީން ވަނީ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކަށްވުމުން އެއާ އެއްގޮތަށް އެއްގޮތަށް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމުގައި އެ ކުންފުންޏަށް ލިބޭ ބޮޑު ހިތްވަރެއްކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
