
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފިއެވެ. ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވީ ހޮޓްލައިނެއް ތަޢާރަފްކުރީ، އެ އިދާރާގެ ޚިދުމަތް ހޯދައްވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ކުރުމުގެ މަޤުސަދުގައިކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެެވެ. އެ އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ނަންބަރަށް ވައިބަރ އަދި ވަޓްސް އެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެގޮތް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވިއެވެ.
މިއާއެކު ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބޭނެކަމަށްވެސް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ވިދާޅުވިއެވެ.
— Maldivian Blood Services (@MBS_mv) July 5, 2025
ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވަނީ ފަށާފައެވެ. ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
