
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދީންގެ ލާއިންސާނީ ޙަމަލާތަކާއި ދުއްތުރާތަކަށް ކެތްނުކުރެވިގެން، އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބަދަވީ ދަރިކޮޅުގެ ޢާއިލާތަކަށް މަޖުބޫރުވެއްޖެއެވެ. މި ގޮތުން، ހުޅަނގު އައްސޭރީގެ ރަށްބޭރުގައި ދިރިއުޅޭ ބަދަވީ ޢާއިލާތަކުގެ ތެރެއިން 30 ޢާއިލާއެއްގެ މެންބަރުންނަށް އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް ވަނީ މަޖުބޫރުވެފައެވެ. އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވާފައި ވަނީ އުރުދުންގެ ވާދީގައި ދިރިއުޅޭ ބަދަވީ މަލީޙާތު ދަރިކޮޅުގެ ޢާއިލާތަކެކެވެ. އެެއީ، އެ ސަރަޙައްދުގައި ބަކަރިހުއިހެއްޕުގެ މަސައްކަތް ކުރާ ޢާއިލާތަކެކެވެ. އެ ޢާއިލާތަކުން ބުނީ، ޒަޔަނިސްޓު އިސްރާއީލުން އެ ސަރަޙައްދުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންގެ ފުށުން ފުރައްސާރައާއި ދުއްތުރާއާ ކުރިމަތިލާން ޖެހިފައިވާތާ އަހަރުތަކެއް ފާއިތުވެފައިވާ ކަމުގައެވެ. އަދި، އަމިއްލަ ގެދޮރު ރޫޅައިލައި، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ.
“[ޔަހޫދީ] ވަޒަންވެރިންނަކީ ހަތިޔާރު ގެންގުޅޭ ބަޔެއް، އެ މީހުން ދަނީ [އަޅުގަނޑުމެންނަށް] ޙަމަލާ ދެމުން، [އިސްރާއީލުގެ] ޔަހޫދީ ފައުޖުން ދަނީ އެ މީހުން ޙިމާޔަތް ކުރަމުން. އެ މީހުން ހުއްޓުވުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ދެން މި ކަމަށް ކެތެއް ނުކުރެވޭނެ، ވަޒަން ދޫކޮށް އެހެން ސަރަޙައްދަކަށް ބަދަލުވާން ނިންމީ އެހެންވެ،” އެ ސަރަޙައްދުގައި ދިރިއުޅޭ ހަތް ކުދިންގެ ބައްޕައެއް ކަމުގައިވާ 50 އަހަރުގެ މަޙްމޫދު މަލީޙާތު ކިޔައިދިނެވެ. އުރުދުން ކޯރުގެ އައްސޭރިފަށުގައި، އުރުދުން ވާދީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންގެ ފުށުން ނުރައްކަލާ ކުރިމަތިވަމުންދާތާ އަހަރުތަކެއް ފާއިތުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ބުންޏެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ބަދަވީ ޢާއިލާތަކުން ގެދޮރު ރޫޅައިލައި، ވަޒަން ދޫކޮށް ދަތުރު ކުރުމަށް ފޮށިތަންމަތި ތައްޔާރު ކުރަން ފެށުމުން ވެސް ޔަހޫދީ ވަޒަންވެރިން ވަނީ އެ މީހުންނަށް ދުއްތުރާ ކޮށްފައެވެ. އަދި، ހަތިޔާރު ހިފައިގެން އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ޖަމާވެ، އެ މީހުންނަށް ބިރު ދައްކާފައެވެ. އަދި، ޔަހޫދީ ސިފައިން ވަނީ ވަޒަންވެރިންނަށް ޙިމާޔަތް ދީފައެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އިސްރާއީލުގެ ޖަމުޢިއްޔާއަކުން ވެސް ބުނީ، އަރީޙާ ކައިރީގައި އޮތް މަލީޙާތު ދަރިކޮޅުގެ މީހުން ދިރިއުޅޭ އަލް-މުޢައްރަޖާތު ކައިރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން މަލީޙާތު ދަރިކޮޅުގެ މީހުންނަށް ފުރައްސާރަކޮށް، އެ މީހުންގެ ގެދޮރާއި މުދަލަށް ގެއްލުންދެމުންދާ ކަމުގައެވެ. 2024ވަނަ އަހަރު ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑަކުން ފަލަސްޠީނުގެ މަދަރުސާއަަށް ވަދެ، ޙަމަލާ ދީފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ. އަދި، 2023ވަނަ އަހަރު ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންގެ އެއްގަމު އުޅަނދުތައް ހުއްޓުވައި، ހަތިޔާރު ބޭނުން ކޮށްގެން އެ މީހުންނަށް ބިރުދައްކާފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ. “އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ޅަދަރިން ޙިމާޔަތް ކުރަން، އެއީ އެހެން ސަރަޙައްދަކަށް ހިޖުރަކުރަން ނިންމި ސަބަބަކީ،” އުމުރުން 10 އަހަރުން ފެށިގެން އަލް-މުޢައްރަޖާތުގައި ދިރިއުޅެމުންދާ މަޙްމޫދު ކިޔައިދިނެވެ. އެ ޢާއިލާތަކުން އަމިއްލަ ވަަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވާފައިވާ ކަމާ މެދު އެއްޗެއް ހާމަ ކުރުމަށް ޔަހޫދީ ފައުޖުން ވަނީ އިންކާރު ކޮށްފައެވެ.
ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. އެއަށް ފަހު، އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، ޔަހޫދީން ދަނީ އެ މީހުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އެކްޓިވިސްޓުން ބުނީ، ފަލަސްޠީނުގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޒަޔަނިސްޓު އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ފުޅާ ކުރަމުންދާ ކަމުގައެވެ. މިއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
