
މެންޗެސްޓާ ސިޓީގެ ކެޕްޓަން ކައެލް ވޯކާ ބްރެންޓް ފޯޑަށް ބަދަލުވާން ހަމަޖެހެން ކައިރިވެއްޖެ އެވެ. ކުޅުންތެރިޔާ އާއި ކުލަބާ ދެމެދު މިހާރު ނުނިމި އޮތީ އަނގަބަހުން އެއްބަސްވެވުނު ކަންކަން ކަރުދާހަށް ބަދަލު ކުރުމެވެ. އޭނާ ބްރެންޓް ފޯޑަށް ބަދަލުވާނީ ފަސް މިލިއަން ޕައުންޑްގެ ފީ އަކަށެވެ. ނަމަވެސް ސިޓީގައި އޭނާ އަށް ދިން ހަފުތާއަކު 175000 ޕައުންޑްގެ ފީ ބްރެންޓް ފޯދަކުން ނުދޭނެ އެވެ. އޭނާ އަށް ދޭ ފީ ޔަގީންނުވި ނަމަވެސް މި ފީ އިތުރުވާނީ އޭނާ ދައްކާ ކުޅުމާއި ޓީމަށް ލިބޭ ކާމިޔާބީ އެއްގެ މައްޗަށެވެ.
ކައެލް ވޯކާ ހުސްވި ސީޒަނުގެ ފަހު ބައި ކުޅުނީ ލޯނު އުސޫލުން އިޓަލީގެ އޭސީ މިލާނަށެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރަން އެ ކުލަބުން ބޭނުމެއްނުވި އެވެ. އުމުރުން މިހާރު 35 އަހަރުގެ ކުޅުންތެރިޔާ ސިޓީ ދޫކޮށް އިޓަލީ އަށް ކުޅުން ބަދަލުކުރި މައިގަނޑު ސަބަބަކީ އޭނާގެ ދިރިއުޅުމުގައި ހުރި މައްސަލަތަކުން އެއް ފަރާތް ވުމަށެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ ހަތަރު ކުދިންގެ މަންމަ އަނީ ކިލްނާއާއެކު ކޮށްފައިވާ ކައިވެނި ސަލާމަތް ކުރުމަށެވެ. ނަމަވެސް މި ކަމުގައި އޮތް ހުރަހަކީ ލައުރީން ގުޑްމަން ކިޔާ މޮޑެލްއަކާއެކު ވޯކާ އަށް ލިބުނު ދެ ކުދިންގެ މައްސަލަ އެވެ.
ވޯކާ ބަހައްޓަން ސިޓީން ވެސް މިހާރު ބޭނުމެއްނުވެ އެވެ. އެންމެ ބޮޑު ސަބަބަކީ އޭނާގެ އުމުރު މަތިވުމާއި ޓީމު ޒުވާން ކުރުމަށް ދޮށީ ކުޅުންތެރިން ދޫކުރަމުން ދިއުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
