
(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ފުވައްމުލަކުގައި ކުރިއަށްގެންދާ 2025 އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ20 ކުރިކެޓު ކަޕު ފަށައިފިއެވެ. މިމުބާރާތުގައި ފަސް ޓީމަކުންދަނީ ވާދަކުރަމުންނެވެ. އެއީ ފަތްމިނި، ހަބޭސް، ކަމަނަ، ކުރި ހިއްވަރު އަދި ރަނިންއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިމުބާރާތް ކުރިއަށްދަނީ ފުވައްމުލަކުގެ ދެ ޕިޗެއްގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭގޮތަށެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސީބީއެމްގެ ރީޖަނަލް ޑެވެލޮޕްމެންޓު މެނޭޖަރ ހަސަން މުތީއު ބުނީ މުބާރާތް ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށާ، އެކި އުމުރުފުރާތަކުން މުބާރާތުގައި ވާދަކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި އުމުރުގެ ގޮތުން ވަރަށް ހަގު ކުދިންނާއި، ބެލެނިވެރިންނާ ޓީޗަރުންވެސް ހިމެނޭ ކަމަށާ، މުބާރާތަށް ފުވައްމުލަކުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. “މުބާރާތުގެ ފޯރި ވަރަށް ގަދަ، ހުރިހާ އުމުރެއްގެ ބައިވެރިން އެބަ އުޅޭ މުބާރާތުގަ. އުމުރުން ފަނަރަ ސޯޅަ އަހަރުގެ ކުދިންނާއި ބެލެނިވެރިންނާ، ސްކޫލުގެ ޓީޗަރުންވެސް ދަނީ މިމުބާރާތުގައި ވާދަކުރަމުން” މުތީއު ބުންޏެވެ.
2025 އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ20 ކުރިކެޓު ކަޕުގައި ޖުމްލަ އެގާރަ މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. 65 ބައިވެރިންނާއެކު މި މުބާރާތް ކުރިއަށްގެންދަނީ ހާފިޒް އަހުމަދު ސްކޫލާ ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
