
ކާރު އެކްސިޑެންޓެއްގައި ބުރާސްފަތި ދުވަހު މަރުވި ލިވަޕޫލްގެ ޕޯޗުގަލް ފޯވަޑް ޑިއޯގޯ ޖޮޓާގެ ޖަނާޒާ މިއަދު ހެނދުނު ބާއްވައިފި އެވެ. މި ޖަނާޒާ އޮތީ ޕޯޗުގަލްގެ ވެރިރަށް ޕޯޓޯ ކައިރީގައިވާ ގޮންޑޮމާގަ އެވެ. މިއީ ޖޮޓާ އުފަންވި އަވަށެވެ.
ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިވްލާ މަރުވީ ލަންޑަނަށް ދިއުމަށް ދާ ފެރީ އަކަށް އަރަން ޕޯޗުގަލް ހުރަސްކޮށް ސްޕޭނުގެ ޒަމޯރާ ކިޔާ އަވަށެއްގައި ބާރު ސްޕީޑްގައި ކާރު ދުއްވަނިކޮށް އެކްސިޑެންޓްވެ އެވެ. އޭނާގެ ޖަނާޒާގައި ޕޯޗުގަލްގެ ރައީސް މާސެލޯ ރެބޭލޯ އާއި ބޮޑު ވަޒީރު ލުއިސް މޮންޓެނެގްރޯ އާއި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޕެޑްރޯ ޕޮރެންކާ ބައިވެރިވި އެވެ.
މީގެ އިތުރުން ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ޕޯޗުގަލްގެ ކޯޗު އަންދްރޭސް ވިޔާސް ބާއޯސް އާއި މަޝްހޫރު އެޖެންޓް ޖޯޖް މެންޑޭޒް ވެސް ބައިވެރިވި އެވެ. މީގެ އިތުރުން ލިވަޕޫލްގެ އިސް ބައެއް ވެރިންނާއި ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވަނީ ޖަނާޒާ އަށް ޕޯޗުގަލް އަށް ގޮސްފަ އެވެ. މި ޓީމުގައި ހިމެނިގެން ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި އެ ޓީމަށް ކުޅުނު ބްރެޒިލްގެ ފަބީނިއޯ އާއި ސްޕޭނުގެ ތިއާގޯ އަލް ސަންޓްރާ ވެސް ޖަނާޒާގައި ބައިވެރިވި އެވެ.

މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް އާއި އެ ކުލަބަށް ކުޅޭ ޑިއެގޯ ޑަލޮޓް އާއި މެންޗެސްޓާ ސިޓީގެ ކެޕްޓަން ބެނާޑޯ ސިލްވާ ވެސް ޖަނާޒާގައި ބައިވެރިވި އެވެ.
އޭނާ މަރުވުމުން ލިވަޕޫލާއި ދުނިޔޭގެ ފުޓްބޯޅަ އާއިލާއިން ދަނީ ހިފެހެއްޓުމެއްނެތި ތައުޒިޔާ ކިޔަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ޖޮޓާ މަރުވީ އޭނާގެ ކައިވެނި ހަފުތާ ބޭއްވިތާ އެއް ދުވަސް ފަހުންނެވެ. ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗުން 14 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ އެ ކުލަބުގެ ގިނަ ކާމިޔާބީތަކުގައި ހިއްސާވެފަ އެވެ. އަދި 123 މެޗުން ވަނީ 47 ގޯލު ޖަހައިދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
