
ނެޓްބޯޅައިގެ އޭޝިއާގެ ޔޫތު ރޭންކިންގައި ރާއްޖެ ހަތަރު ދަރަޖަ މައްޗަށް ޖެހިލާ ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ދެކުނު ކޮރެއާގައި ނިމިގެންދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ދެވަނަ ހޯދުމާއެކު ރާއްޖޭގެ ޖޫނިއާ ނެޓްބޯޅައިގެ މިހާރުގެ ރޭންކިންގ ވަނީ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ. މީގެ ކުރިން ރާއްޖެ ހިމެނެނީ އޭޝިއާގެ ރޭންކިންގެ 11 ވަނައިގައެވެ. އެހެންކަމުން ގައުމީ ޖޫނިއާ ނެޓްބޯޅަ ޓީމުން ހޯދި މިކާމިޔާބީއާ އެކު ރާއްޖެއިން މިވަނީ ރޭންކިންގައި ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.
ޖޫންމަހުގެ 27އިން ޖުލައި މަހުގެ 05 ވަނަ ދުވަހަށް ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުން ވާދަކޮށްފަވާއިރު، ރާއްޖޭގެ ޖޫނިއާ ނެޓްބޯޅަ ޓީމުން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ބޮޑު ފަރަގަކުން ކާމިޔާބުކޮށްފައެވެ. މިމުބާރާތުގައި ރާއްޖެއިން މިއަހަރު ބައިވެރިވެފައި މިވަނީ ހަ އަހަރު ދުވަހުގެ މެދު ކެނޑުކަމަށްފަހުއެވެ. އެހެންނަމަވެސް މިޓީމުން ވަނީ ދާދިފަހުން ޗައިނާގެ ހޮންގް ކޮންގުގައި ނިމިގެންދިޔަ ބައުހީނިއާ ކަޕުގައިވެސް ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. އެމުބާރާތުން ރާއްޖޭގެ ޖޫނިއާ ނެޓްބޯޅަ ޓީމު ވަނީ ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު ތިންވަނަ ހާސިލްކޮށްފައެވެ.
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ނަތީޖާއިން އޭޝިއާގެ ރޭންކިން ކަނޑައެޅިގެން ދިޔައިރު މިހާރު އެއްވަނައިގަ ވަނީ ސިންގަޕޫރެވެ. އަދި ދެވަނަ މެލޭޝިއާއަށް ލިބިފަވާއިރު، ތިންވަނަ ކަށަވަރުކޮށްފަވަނީ ސްރީލަންކާ އިންނެވެ. ހޮންގކޮންގ ހަތަރު ވަނައިގަ އޮތްއިރު، ފަސް ވަނަ ލިބިފަވަނީ އިންޑިއާއަށެވެ. ހަވަނަ ޕާކިސްތާނުން ހޯދާފަވާއިރު، ދިވެހިރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުން ހޯދި ކުރިއެރުމާއެކު ހަތްވަނައަށް ވަނީ ކުރިއަށް ޖެހިލާފައެވެ. އަދި ޖަޕާނުން އަށްވަނަ ހޯދާފަވާއިރު، ނުވަވަނައިގަ އޮތީ ޗައިނީސް ޓައިޕޭއެވެ. ސައުދީ އަރަބިއްޔާއަށް ދިހަވަނަ ލިބިފަވާއިރު އެގާރަ ވަނައިގަ އޮތީ ދެކުނު ކޮރެއާއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
