
ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ހާން އޭނާގެ އާ ފިލްމު “ބަޓަލް އޮފް ގަލްވާން” ގެ ޕޯސްޓަރު ދައްކާލައިފިއެވެ. ހުކުރު ދުވަހުގެ ހެނދުނު ސަލްމާން ހާން ސަޕޯޓަރުން ސިއްސުވާލީ އޭނާގެ އާ ފިލްމު “ބަޓަލް އޮފް ގަލްވާން”ގެ ޕޯސްޓަރުންނެވެ. މި ފިލްމުން ދައްކުވާދެނީ 2020 ވަނަ އަަހަރު އިންޑިއާއާއި ޗައިނާގެ ސިފައިންގެ ދެމެދު ހިނގި ހަމަނުޖެހުމުގެ ވާހަކަތަކެވެ. ސަލްމާން ވަނީ އޭނާގެ އާ ފިލްމުގެ ޕޯސްޓަރު، އޭނާގެ އެކްސް އެކައުންޓުގައި ހިއްސާކޮށް، ފިލްމުގެ ކުރޫ މެންބަރުންނަށް އެ ޕޯސްޓަރުގެ ކެޕްޝަނުގައި ޓެގް ކޮށްފައެވެ.
“ކަނޑު ލޮނުގަނޑުގެ 15000 ފޫޓް މަތީގައި އިންޑިއާ ސިފައިން ހަނގުރާމަ ކުރީ، އެންމެ ވަޒަނެއް ވެސް ބޭނުން ނުކޮށް.” އެ ޕޯސްޓްގެ ކެޕްޝަނުގައި ލިޔެފައިވެއެވެ. މި ޕޯސްޓަރުން ފެނިގެންދަނީ ސަލްމާން ސިފައިންގެ ޔުނީފޯމެއް ލައިގެން ހުއްޓައެވެ. އޭނާގެ މޫނުމަތިން ހަރުކަށިކަން ފެންނަ އިރު އޭނާގެ މޫނު ވަނީ ލެއިން ތަތްތެޅިފައެވެ. މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ އަޕޫރުވާ ލަކްހިއާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މީގެއިތުރުން، މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ސަލްމާން ހާން ފިލްމްސް އިންނެވެ. މި ފިލްމުގެ މިއުޒިކް ކޮމްޕޯސާއަކީ މަޝްހޫރު ހިމޭޝް ރެޝާމިއާއެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިންކަމުގައިވާ ހާރްޝިލް ޝާހް، އަންކުރް ބާތިއާ އަދި ހީރާ ސީހަލް ހިމެނެއެވެ. މި ފިލްމުގެ ނެރޭ ތާރީހު އަދި ހާމަކޮށްފައިނުވެއެވެ.
ސަލްމާން ހާން އެންމެ ފަހުން ފެނިފައި ވަނީ ސިކަންދަރް ފިލްމުންނެވެ. މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މިފަހަރުގެ ފިލްމަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭނެ ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ ފިލްމުގެ ޕޯސްޓަރު ނެރުމާ އެކު ގިނަ ސަޕޯޓަރުން ސަލްމާން ހާން އަށް ތައުރީފު ކުރަން ފަށާފައިވާތީއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
