
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ކުލަބު އެޗްޑީސީ ބަލިކޮށް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ދަނޑިމަގުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ގެންދިޔައީ އެޗްޑީސީންނެވެ. އެކަަމަކު ދަނޑިމަގުން ވަނީ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މި ސެޓުތައް އެ ޓީމުން ގެންގޮސްފައިވަނީ 25-21، 25-22 އަދި 25-12 އިންނެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ. ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމު ދެން ދަތުރުކުރާނީ ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތަށެވެ.
About Post Author
މާދަމާ ނިއުސް
“ރާއްޖެއަކީ ލަންކާގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަކީ އެޤައުމުގެ އިޤްތިޞާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ދެޤައުމުގެ ޒަމާންވީ...
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ...
ރައީސް އަރިހަށް ލަންކާގެ މަޖިލީހުގެ ރައީސް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް...
ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމުގެ ރަސްމިއްޔާތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ...
ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ވާހަކަ މޯލްޑިވިއަން އިން ދޮގުކޮށްފި
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ...
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
މިދިޔަ އެޕްރީލް މަހު މިފްކޯއަށް 1068 ދޯންޏަކުން 4414 ޓަނުގެ މަސް ކިރުވައި، އެ މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ...
