
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއަށް އިތުރުވީ 10 މެމްބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިދިޔަ އަހަރު ފެށުނުއިރު އެ ޕާޓީގައި 52،142 މެމްބަރުން ތިބި ކަމަށް އޭރު އީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކަމަކު އޭގެ ފަހުން މެމްބަރުން މަދުވެ، އެ ޕާޓީގައި މިހާރު ތިބީ 43،755 މެމްބަރުން ކަަމަށް އީސީގެ ހިސާބުތަކުގައިވެ އެވެ. ހަ މަސް ތެރޭގައި 10 މެމްބަރުން އިތުރުވިޔަސް، އެ ޕާޓީ އޮތީ ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އަަދިވެސް އޮތީ ޕީއެންސީ އެވެ. އެ ޕާޓީގައި 68,665 މެމްބަރުން އެބަ ތިއްބެވެ. އެކަމަކު މީގެ ފަސް މަސް ކުރިން އެ އަދަދު ހުރީ 68،968 ގަ އެވެ. އެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަ މަސް ތެރޭގައި އެ ޕާޓީން މަދުވީ 303 މެމްބަރުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އަށް 224 މެމްބަރުން އިތުރުވި އެވެ. ޔާމީނުގެ ޕީއެންއެފްގައި މީގެ ފަސް މަސް ކުރިން ތިބީ 2،822 މެމްބަރުން ކަމަށް ވިޔަސް މިހާރު 3,046 މެމްބަރުން އެބަ ތިއްބެވެ.
އެހެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު:
– އަދާލަތު ޕާޓީ – 8،844
– ޖުމްހޫރީ ޕާޓީ – 13،456
– މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް – 9،011
– މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް – 2،272
– މޯލްޑިވްސް ނޭޝަނަލް ޕާޓީ – 5،836
– ދަ ޑިމޮކްރެޓްސް – 3،547
ރާއްޖޭގައި ޖުމްލަ 13 ސިޔާސީ ޕާޓީ އުފެއްދިޔަސް ގާނޫނުގައި ބުނާ މެމްބަރުންގެ އަދަދު ހަމަނުވެގެން މި ފަހުން ޕީޕީއެމާއި ޑީއާރުޕީ އާއި އެމްއާރުއެމް ހިމެނޭހެން 4 ޕާޓީ ވަނީ އުވާލައިފަ އެވެ. އެހެންވެ، މިވަގުތު ހިންގަނީ 9 ޕާޓީ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
