
(ފޮޓޯ ކްރެޑިޓްސް: އެމްއެޗްއޭ)
އެމްއެޗްއޭ ޕްރައިވެޓް ލިމިޓުން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަން އިއުލާނުކޮށްފި އެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެ ކުންފުނިން ސުކޫކެއް އިޝޫކުރަން ނިންމީ ހުޅުމާލޭގައި ހިންގާ ޕްރޮމެނޭޑް ޕްރޮޖެކްޓަކަށެވެ. އެއީ ކޮމާޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެކެވެ. ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ. އެމްއެޗްއޭ އިން އިޝޫ ކުރަނީ “ޕެރެލަލް އިސްތިސްނާ” ސުކޫކެ ކެވެ.
އެ ސުކޫކަށް އިންވެސްޓް ކުރާ ފަރާތްތަކަށް އަށް ޕަސެންޓުގެ ފައިދާއެއް ލިބޭނެ އެވެ. އަދި އޭގެ ފައިދާ އަހަރަކު ދެ ފަހަރު ބަހާނެ އެވެ. އެ ސުކޫކުގެ މުއްދަތަކީ ފަސް އަހަރެވެ. އެ ސުކޫކު ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނައިގައި ލިސްޓުކޮށްފަ އެވެ. އެ ކުންފުނިން 30 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ ކޮންމެ ސުކޫކު ޔުނިޓަކަށް 1،000ރ. ގެ ރޭޓުންނެވެ. ޖުމްލަ 30،000 ސުކޫކު ޔުނިޓު އިޝޫކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެންމެ މަދުވެގެން ސުކޫކަށް އިންވެސްޓްކުރެވޭ އަދަދަކީ 10،000ރ. އެވެ. އެމްއެޗްއޭ އިން އެ ފައިސާ ބޭނުން ކުރާ ކޮމާޝަމަލް ރިއަލް އެސްޓޭޓު ޕްރޮޖެކްޓުގެ ދަށުން ރީޓެއިލް އަދި ލޮޖިސްޓިކްސް އާ ގުޅޭ ކޮމްޕްލެކްސްއެއް ވެސް ހަދާނެ ކަމަށެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯރޫމްތަކާއި ސްޓޯރޭޖު ފެސިލިޓީގެ އިތުރުން އޮފީސް ސްޕޭސް އަށް ބޭނުންވާ ޖާގަ ވެސް އެ އިމާރާތުގައި ހުންނާނެ އެވެ.
އެ ސުކޫކުގެ ޕްރިންސިޕަލް އެޑްވައިޒާ އަކީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަން އެވެ. ލީގަލް ކައުންސެލްގެ ގޮތުގައި ސީއެލްއޭ ޕާޓްނާސް ބައިވެރިވެ އެވެ. ޝަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވީ ޑރ. އައިޝަތު މުނީޒާ އެވެ. އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ، އެ ކުންފުނީގެ ފުރަތަމަ ސުކޫކު އިއުލާނުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އިސްލާމީ ފައިނޭންސިންގެ ފުރުސަތެއް ބޭނުންކޮށްގެން ކުންފުނި ފުޅާކުރުމަށް އެ ކުންފުންޏަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، އެމްއެޗްއޭގެ ސުކޫކު އިޝޫކުރުމުގައި އެކުންފުނިން އެހީތެރިކަން ފޯރުކޮށްދޭ އިރު އެކުންފުނިން ސުކޫކު ބޭނުންކޮށްގެން ހިންގާ މަޝްރޫއުއަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވާނެކަން ޔަގީންވާ ފަދަ މަޝްރޫއުއެއް ކަމަށެވެ. ފަސްޓް ނެޝަނަލް އިން ވަނީ މެޑްޓެކް އާއި އައިކެއާ ފަދަ ކުންފުނިތަކަށް ވެސް ސުކޫކު އިޝޫކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ، ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
