
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މި ސަރުކާރު އައިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑު ކުރާނެ އެއްވެސް ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ. ލުބުނާ މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިމާންޑަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ފަރާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ކަމަށެވެ. މިއީ ޤާނޫނުގައިވެސް ހިމެނޭ ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރު ހަވާލުވިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުން ރިމާންޑަށް ނެގޭނެ އެއްވެސް ނިޒާމެއް ގާއިމުވެފައި ނެތް ކަމަށް ލުބްނާ ވިދާޅުވިއެވެ.
ލުބުނާ ވިދާޅުވީ ރިމާންޑަށް ނަގާ ފަރާތްތަކަށް ފަރުވާ ދިނުމުގައި އެންޑީއޭއިން ބަލަނީ ރިމާންޑުގެ މުއްދަތު ނިންމައި އެ ފަރާތްތައް ދިގުމުއްދަތުގެ ރިހެބިލިޓޭޝަން ފަރުވާގެ ތެރެއަށް ވެއްދުމަށް ކަމަށެވެ. “އެމީހުން ހަމައެކަނި 30 ދުވަސް ނިންމައި އެތަނުން ޗެކައުޓް ވެގެން ދިއުމެއް ނޫނޭ ބޭނުމަކީ. ލޯންގް ޓަރމް ރިހެބިލިޓޭޝަން ފަރުވާގެ ސިސްޓަމް ތެރެއަށް އެ މީހުން ވައްދައި، އެ މީހުންނަށް ރަނގަޅު ފަރުވާއެއް ދީ، އެ މީހުންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަލުން އަނބުރާ ރީއިންޓަގްރޭޓް ވާއިރު ސަކްސަސްފުލީ ރީއިންޓަގްރޭޓް ކުރެވިދާނެ ބައެއްގެ ގޮތުގައި ހެދުމަށް،” ލުބުނާ ވިދާޅުވިއެވެ.
ލުބުނާ ވިދާޅުވިގޮތުގައި މިހާތަނަށް 269 މީހަކު ރިމާންޑަށް ނަގާފައިވާ ކަމަށެވެ. މީގެ ތެރެއިން %70 މީހުން ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެންޑީއޭއިން ރިމާންޑަށް ނަގާ ފަރާތްތަކަށް ވަގުތުން ޑިޓޮކްސިފިކޭޝަން ފަރުވާތައް ފަށާކަމަށާއި ނަފްސާނީގޮތުން ދޭން ޖެހޭ ފަރުވާތައްވެސް ކުރިއަށްދާ ކަމަށް ލުބްނާ ވިދާޅުވިއެވެ. އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރަން އުޅޭ މީހުންނެވެ. އަދި ކުޑަކުދިން ދިރިއުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު އުޅޭނަމަ އެކަން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ މީހުންވެސް ރިމާންޑަށް ނަގައެވެ.
ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުންނަ ޑިޓޮކްްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން އެންޑީއޭއިން ވަނީ ވިދާޅުވެފައެވެ. އެއާއެކު އެތަނުގެ ޖާގަ އިތުރުވެ އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެކަމަށްވެސް އެންޑީއޭއިން ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި ގާއިމުކުރަމުން އަންނަ ރިމާންޑް ސެންޓަރާއެކު އެތަނުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށްވެސް އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
