
(ފޮޓޯ ކްރެޑިޓްސް: ކޫއްޑޫ ފިޝާރީޒް ކޮމްލެކްސް)
އަހަރުގެ ފުރަތަމަ 5 މަހު މަސް އެކްސްޕޯޓްކޮށްގެން ހޯދި އާމްދަނީ 40 އިންސައްތަ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އެއިދާރާއިން މަހުން ނެރޭ އެކި ސިނާޢަތްތަކުގެ ތަފާސް ހިސާބުތައް ރިޕޯޓުގައެވެ. ރާއްޖެއިން ބޭރުކުރާ މަހުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މިއަހަރު ފުރަތަމަ ފަސް މަސް ދުވަހު 63.7 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 45.5 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ.
މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، އެޕްރީލް މަހުއެވެ. އެ މަހު އެކަނި 18.2 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. އެވަރޭޖް ގޮތެއްގައި މިއަހަރު ފުރަތަމަ ފަސް މަހަށް ބަލާއިރު ޖެނުއަރީ މަސް ފިޔަވައި ކޮންމެ މަހަކު ލިބުނު އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ އިތުރެވެ. މިދިޔަ އަހަރުގެ އެވްރެޖް އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ ދަށެވެ.
މިއަހަރު މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ
- ޖެނުއަރީ – 8.6 މިލިޔަން ޑޮލަރު
- ފެބްރުއަރީ – 13.3 މިލިޔަން ޑޮލަރު
- މާރިޗު – 12.4 މިލިޔަން ޑޮލަރު
- އެޕްރީލް – 18.2 މިލިޔަން ޑޮލަރު
- މޭ – 11.2 މިލިޔަން ޑޮލަރު
މަސްވެރިކަމުން ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ މަސް ބޭރު ކުރި މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. އެގޮތުން މިއަހަރު ފުރަތަމަ ފަސް މަހު 38,800.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ބޭރުކޮށްފައިވަނީ 23,356.1 މެޓްރިކް ޓަނެވެ. މިއީ 66.1 އިންސައްތައިގެ އިތުރުވުމެކެވެ. އެންމެ ގިނަ އަދަދެއްގެ މަަސް ބޭރުކޮށްފައިވަނީ އެޕްރީލް މަހުއެވެ. އެ މަހުގެ 9700 މެޓްރިކް ޓަން ބޭރުކޮށްފައިވެއެވެ.
މިއަހަރު މިހާތަނަށް މަސް ބޭރުކޮށްފައިވާ މިންވަރު
- ޖެނުއަރީ – 5،710 މެޓްރިކް ޓަނު
- ފެބްރުއަރީ – 8،511 މެޓްރިކް ޓަނު
- މާރިޗު – 7،376 މެޓްރިކް ޓަނު
- އެޕްރީލް – 9،700 މެޓްރިކް ޓަނު
- މޭ – 7،499 މެޓްރިކް ޓަނު
ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
