
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ މި ވޭތުވެ ދިޔަ 3 އަހަރުވެސް ހިންގަމުން އައި ގެއްލުމުގައި ކަމަށާއި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު އަޅާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ރިޕޯޓުން ދައްކައިފިއެވެ. ފަތުރުވެރިިކަމުގެ ދައިރާގެ ކުންފުނިތަކުގެ ހާލަތު ބެލުމަށް އެކޮމެޓީން ކުރި މަސައްކަތުގެ ދަށުން އެމްއެމްޕީއާރްސީގެ ހާލަތު ވަނީ ބަލާފައެވެ. ކޮމެޓީގެ ދިރާސާ ރިޕޯޓުގައި ކުންފުނީގެ މާލީ ހާލަތައް ތަފްސީލީ ގޮތެއްގައި ބަލައި ކުންފުނީގެ ހާލަތު ރަނގަޅު ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ކޮމެޓީން ރަނގަޅު ކުރަން ފެންނަ ކަންކަން ވަނީ ހިމަނާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތް މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑާށް ދައްވެފައެވެ.
ކުންފުނީގެ ފާއިތުވި 6 އަހަރުގެ މާލީ ތަފާސްހިސާބުތައް
- 2019 – 23,654,396 ރުފިޔާ ފައިދާ
- 2020 – 334,833 ރުފިޔާ ފައިދާ
- 2021 – 141,977,908 ރުފިޔާ ގެއްލުން
- 2022 – 42,290,591 ރުފިޔާ ގެއްލުން
- 2023 – 17,997,662 ރުފިޔާ ގެއްލުން
- 2024 – 27,746,203 ރުފިޔާ ގެއްލުން
ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ކުންފުނިން ގިނަ މަސައްކަތް ކުރަން ޖެހޭއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތައް އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރުން ފެށިގެން ރަނގަޅު ފިޔަވަޅުތަކެއް އަޅަން ނިންމިފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެމްއެމްޕީއާރްސީގެ ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު މިއަހަރު މެމްބަރޝިޕް ފީ ބޮޑުކޮށް އިޝްތިހާރު ވިއްކައިގެން 20 އިންސައްތައާއި ހަމައަށް އާމްދަނީ އިތުރުކޮށްފައިވެއެވެ. އަދި ރޯޑް ޝޯ އަދި ފެއަރ ޕާޓިސިޕޭޝަން ފީ ބޮޑުކުރުމުން، މިއަހަރު ތެރޭ ޖުމްލަ އާމްދަނީ 49 އިންސައްތަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ބައިވެރިވާ ފެއަރތަކުގައި ނަގާ ޖާގަ ކުޑަކޮށްގެން 5 އިންސައްތަ ޚަރަދުތައް ވަނީ ކުޑަކޮށްފައެވެ.
އެކުންފުނިން ވަނީ މިއަހަރު ގިނަ ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމަށް ނިންމާ މުހިންމު މާކެޓުތަކުގައި ރޯޑް ޝޯވްތައް ކުރިއަށް ގެންދަން ނިންމާފައެވެ. މިއާއެކު 17 ރޯޑްޝޯއެއްގައި މިއަހަރު ބައިވެރިވާނެއެވެ. މީގެ އިތުރުން އެހެން ފަރާތްތަކާއި ގުޅިގެން ޖޮއިންޓް މާކެޓިން ކެމްޕެއިންތަކެއް ހިންގުމުގެ ސަބަބުން، ކެމްޕެއިންތަކަށް ކުރާ ޚަރަދު 30 އިންސައްތައާއި ހަމައަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިވަގުތު އެކުންފުނިން މިފަދަ 12 ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
ޚަރަދު ކުޑަކުރަން އަޅާފައިވާ އެހެން ބައެއް ފިޔަވަޅުތައް
- ޕްރިންޓް ކުރުމަށް ކުރާ ޚަރަދުކުޑަކޮށް 3.7 މިލިޔަން ސަލާމަތްކޮށްފައިވޭ
- ކުންފުނީގެ ދެ ގުދަނުން އެއް ގުދަން ވަނީ ދޫކޮށްލާފައި
- ފެއަރތަކުގައި ބޭނުންކުރާ ސާމާނު ފޮނުވުމަށް ކުރާ ޚަރަދު 1.7 މިލިޔަން ރުފިޔާ ކުޑަކޮށްފައިވޭ
އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައި ވަނީ މިވަގުތު ކުންފުނީގެ ޚަރަދުތައް މެނޭޖްކުރުމަށް ސަރުކާރަށް ބަރޯސާވެފައިވާކަން ފާހަގަކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިތުރު ގޮތްތަކެއް ހޯދުމަށް ލަފާދީފައެވެ. މިގޮތަށް ލަފާދީފައިވާއިރު ކުންފުނީގެ ގިއަރިންގ ރޭޝިއޯތައްކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯގައި މައިނަސް އަދަދުތަކެއް ހުރުމުން މިއީ ބަނގުރޫޓޫ ވުމުގެ ނުރައްކާ އޮތް ކަމަށް ދޭހަވާ ކަމަކަށް އެސްއޯއީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީން ވަނީ އެކުންފުނީގެ މާކެޓިން ކެމްޕެއިންތައް ހަރުދަނާކޮށް ކެމްޕެއިންތަކަށް ކުރާ ޚަރަދު ކުޑަކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަން ދިނުމަށް ނިންމައި، މުހިންމު މާކެޓުތަކަށް އިސްކަން ދީގެން ދަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
