
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ލުޓޭރުންގެ ގުރޫޕެއް ކަމުގައިވާ ޕޮޕިޔުލަރ ފޯސަސްގެ ވެރިޔާ ޔާސިރް އަބޫ ޝަބާބް އަމާން ދިނުމަށް އަމުރުކޮށް، ޣައްޒާގެ ކޯޓަކުން އެ ކަން ކުރުމަށް 10 ދުވަހުގެ މުހުލަތެއް ކަނޑައަޅައިފިއެވެ. ޕޮޕިޔުލަރ ފޯސަސްއަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް، ޔަހޫދީން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގުރޫޕެއް ކަމުގައި ޙަމާސުން ބުނެއެވެ. ޕޮޕިޔުލަރ ފޯސަސްގެ ވެރިޔާ، އަބޫ ޝަބާބް 10 ދުވަހުގެ މުހުލަތެއްގެ ތެރޭގައި އަމާންދޭން ޖެހޭނެ ކަމަށް އަމުރު ކޮށްފައި ވަނީ ޙަމާސްގެ ބާރު ހިނގާ ކޯޓަކުންނެވެ. ޙަމާސުން ތުހުމަތު ކުރާ ގޮތުގައި، ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ފޯރުކޮށްދިނުމަށް އެ ސަހަރަށް ވައްދާ ކާބޯތަކެތި އަބޫ ޝަބާބުގެ ގުރޫޕުން ދަނީ ފޭރެމުންނެވެ. އަދި، ކާބޯތަކެތި ރައްކާކޮށްފައި ހުރި ގުދަންތައް ލޫޓުވަމުންނެވެ. އެއީ، ޔަހޫދީންގެ އެހީތެރިކަމާ އެކު ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ޙަމާސުން ސިފަކުރެއެވެ. އެ ގުރޫޕުގެ ވެރިޔާ އަބޫ ޝަބާބަށް އަމާން ދިނުމަށް 10 ދުވަހުގެ މުހުލަތެއް ދީފައި މި ވަނީ، އެ ދަޢުވާތަކާ ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށް ކަމުގައި ޙަމާސުން ބުންޏެވެ.
35 އަހަރުގެ އަބޫ ޝަބާބާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ޚިޔާނަތްތެރިވުމާއި، ޔަހޫދީންނާ ގުޅިގެން ޖަރީމާތައް ހިންގުމާއި، ޙަމާސާ ދެކޮޅަށް ހަރަކާތްތެރިވާނެ ހަތިޔާރު އެޅި ގުރޫޕެއް އުފެއްދުން ހިމެނޭ ކަމުގައި ކޯޓުން ބުންޏެވެ. އަދި، 10 ދުވަހުގެ މުހުލަތެއްގެ ތެރޭގައި އަމާން ދިނުމަށް އަބޫ ޝަބާބް އިންކާރު ކޮށްފި ނަމަ، އޭނާގެ ޣައިރުހާޒިރުގައި ޙުކުމް ކުރާނެ ކަމުގެ އިންޒާރު ވެސް އެ ކޯޓުން ވަނީ ކޮށްފައެވެ. ޕޮޕިޔުލަރ ފޯސަސްއިން ވަނީ ކޯޓުގެ ޙުކުމަށް ރައްދުދީ، އެ އަމުރަށް ހަޖޫކިޔާފައެވެ. އެ ގުރޫޕުން ބުނީ، ކޯޓުގެ އަމުރަކީ ވަރަށް މަޖާ ކަމެއް ކަމުގައެވެ. އަދި، އެ ގުރޫޕަކީ އެ ފަދަ އިންޒާރުތަކާއި ޙުކުމްތަކަށް ފަސްޖެހޭނެ ގުރޫޕެއް ނޫން ކަމުގައެވެ. ޣައްޒާގައި ހަރަކާތްތެރިވާ ކުށްކުރާ ގުރޫޕުތަކަށް ޒަޔަނިސްޓު އިސްރާއީލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހާމަކުރީ ހުސްވި ޖޫން މަހުއެވެ. އޭނާ އިޝާރާތް ކޮށްފައި ވަނީ ޕޮޕިޔުލަރ ފޯސަސްއަށް ކަން ހާމަކޮށްފައި ވަނީ ޒަޔަނިސްޓުންނާއި ފަލަސްޠީނުގެ މީޑިޔާތަކުންނެވެ. އެ ގުރޫޕުގައި 100އެއްހާ މެންބަރުން ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފަ)ށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޕޮޕިޔުލަރ ފޯސަސްއިން ވަނީ އެއްބަސްވެފައެވެ. މި ގޮތުން، އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ މަރުކަޒުތަކުގެ ސަލާމަތީ އިންތިޒާމުތައް ބެލެހެއްޓުގައި ހަރަކާތްތެރިވަމުންދާ ކަން އެ ގުރޫޕުން ވަނީ ހާމަކޮށްފައެވެ. ޖީއެޗްއެފަކީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އެ މީހުން ޝަހީދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. އެ ތަނަށް ކާބޯތަކެތި ހޯދުމަށް ޖަމާވާ މީހުންނަށް ޙަމަލާދީ، ޝަހީދު ކުރުން ވަނީ ޢާންމުކޮށްފައެވެ. ޖީއެޗްއެފް އުފެއްދުމާ އެކު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޒިންމާތަކުން އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ވަނީ އެކަހެރި ކޮށްފައެވެ.
ފަލަސްޠީނުގެ މަސްރަޙު ދިރާސާ ކުރާ ޔޫރަޕިޔަން ކައުންސިލް އޮން ފޮރިން ރިލޭޝަންސުން ވެސް ބުނީ، ޕޮޕިޔުލަރ ފޯސަސްއަކީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ގުރޫޕެއް ކަމުގައި ބުނެފައެވެ. އަދި، ޣައްޒާއަށް އެހީ ހިފައިގެން ވަންނަ ލޮރީތައް ހުއްޓުވައި، އެ ގުރޫޕުގެ މެންބަރުން އޭގައި ހުރި ކާބޯތަކެތި ލޫޓުވަމުންދާ ކަމުގައި ވެސް އެ ފަރާތުން ބުންޏެވެ. ޣައްޒާއަަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ކުށުގައި މީގެ ކުރިން އަބޫ ޝަބާބް ޖަލަށްލާފައިވާ ކަމުގައި ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
