
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ހުށަހަޅުއްވާފައިވާ ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމުގައި އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއީ ޙަމާސަށް ހުށަހަޅާނެ “އެންމެ ފަހު” ހުށަހެޅުން ކަމުގައެވެ. އަދި، ޔަހޫދީން ސުލްޙަވުމަށް އެ ޖަމާޢަތަށް ދޭނެ “އެންމެ ފަހު” ފުރުޞަތު ކަމުގައެވެ. ޣައްޒާ ޢުދުވާން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލައި އަސީރުން ބަދަލު ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ އައު ހުށަހެޅުން ޔަހޫދީން ބަލައިގަނެފައިވާ ކަމުގައި ޖުލައި 1ވަނަ ދުވަހު ޓްރަމްޕް ވިދާޅުވިއެވެ. ޔަހޫދީން އެ ކަމަށް އެއްބަސްވެފައި ވަނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާތަކަކަށް ފަހުގައި ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ. އަދި، އެ ހުށަހެޅުން ޙަމާސަށް ރައްދު ކުރުމަށް ޤަޠަރާއި މިޞްރާ ޙަވާލު ކޮށްފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަނީ އެ ދެ ޤައުމުންނެވެ.
ޙަމާސުން ބުނީ، ޓްރަމްޕްގެ އެންމެ ފަހުގެ ހުށަހެޅުން މިހާރު ދިރާސާ ކުރަމުންދާ ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ މައިގަނޑު މަޤުޞަދަކީ ޔަހޫދީންގެ ނިރުބަވެރި ހަނގުރާމަ ދާއިމަށް ހުއްޓުވުން ކަމުގައެވެ. ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސުން ކުރިން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޤަތުލުޢާންމު ދާއިމަށް ހުއްޓައިލައި، ޔަހޫދީ ސިފައިން އެ ސަހަރުން ފޭބުން ހިމެނެއެވެ. ނަމަވެސް، ޔަހޫދީން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. ޓްރަމްޕްގެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ވާހަކަ ދައްކާފައެވެ. އޭނާ އަނެއްކާ ވެސް ބުނީ ޙަމާސް ނައްތައިލާނެ ކަމުގެވެ. އަދި، ޙަމާސަށް ދެމިއޮތުމުގެ ފުރުޞަތު ލިބޭ އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމުގައެެވެ. ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ ވެސް އޭނާ ޝަރުޠެކެވެ. ނަމަވެސް، އެ ކަމަށް އެއްބަސްނުވާނެ ކަން ޙަމާސުން ވަނީ ހާމަކޮށްފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ދެ ފަރާތުގެ ދެމެދުގައި އުފެދިފައި އޮތް މި ފަދަ ދެބަސްވުންތައް ހައްލު ނުކޮށް އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ޣައްޒާގެ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. “އަޅުގަނޑުގެ އުންމީދަކީ މި ފަހަރު މި ކަން ކާމިޔާބުވުން، ހަމައެކަނި ދެ މަސްދުވަހުގެ މުއްދަތަކަށް ނަމަވެސް [ޢުދުވާން މެދުކަނޑައިލުން]، އެއިރުން އެތަކެއް ހާސް ބަޔެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ،” ޣައްޒާގެ އުތުރު ޣައްޒާ ސިޓީގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ ކަމާލް ބުންޏެވެ. ޙަމާސާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ޒަޔަނިސްޓު އިސްރާއީލުގެ ޢާންމު ރައްޔިތުން ވެސް ދަނީ ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ. ނަމަވެސް، އޭނާގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީން ތަމްސީލު ކުރާ ޕާޓީތަކުން ދަނީ އެ ކަމަށް ހުރަސް އަޅަމުންނެވެ. އަދި، އެއްބަސްވުމެއް އެކުލަވައިލުމަށް އަނިޔާވެރި ނަތަންޔާހޫ ނިންމައިފި ނަމަ، ވެރިކަން ކުރާ އިއްތިޙާދުން ވަކިވާނެ ކަމަށް ބުނެ އިންޒާރު ކުރަމުންނެވެ. ކޮންމެ ގޮތަކުން ނަމަވެސް، ވެރިކަން ދެމެހެއްޓުމަށް ނަތަންޔާހޫ ދަނީ މަސައްކަތް ކުރަމުންނެވެ.
ޓްރަމްޕްގެ އައު ހުށަހެޅުއްވުމުގައި އޮތީ 60 ދުވަހަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޔަހޫދީންނާ ޙަވާލު ކުރުމެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި ޙަމަލާ ބަދަލު ކުރުން ދާއިމަށް މެދުކަނޑައިލުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި ވެސް ޓްރަމްޕް ބުންޏެވެ. ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 139ށް އަރާ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވެސް އެތަކެއް ސަތޭކައަކަށް އަރައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އިންޑޮނީޝިޔާ ހަސްފަތާލުގެ ވެރިޔާ މަރްވާން އަލް-ސުލްޠާނާއި އޭނާގެ އަންހެނުންނާއި ފަސް ދަރިން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
