
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލު ކުރަން އެދުނު ކަމަށް އެ ޓީމުގެ ކޯޗު ބުނެފި އެވެ. ރެއާލް މެޑްރިޑް އަތުން 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިވި މެޗަށްފަހު ޔުވެންޓަސްގެ ކޯޗު އީގޯ ޓޫޑޯ ބުނެފައިވަނީ އެމެރިކާގެ ގަދަ ހޫނުގައި ކުޅުނު މި މެޗުގައި ހޫނު ގަދަވުމުގެ އަސަރު ވަރަށް ގިނަ ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށެވެ. “މިއީ ވަރަށް ގަދަ ހޫނުގައި ކުޅުނު މެޗެއް އަދި އެކަމުގެ ސަބަބުން ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލު ކުރަން އެދުނު.” ޓޫޑޯ ބުންޏެވެ.
އެމެރިކާގެ މަޔާމީގައި މި މެޗު ކުޅުނުއިރު ހޫނު މިން 30 ޑިގްރީގައި ހުރިއިރު ހިއުމިޑިޓީ ހުރީ %70 ގަ އެވެ. ޔުވެންޓަސްގެ ކޯޗު އީގޯ ޓޫޑޯ މިހެން ބުނެފައިވާއިރު މި މުބާރާތުގައި ވާދަކުރާ ޔޫރަޕްގެ އެހެން ކްލަބްތަކުންވެސް ވަނީ ހޫނު ގަދަވުމުގެ އަސަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޮރޫޝިޔާ ޑޯޓްމަންޑްގެ ކޯޗު ނިކޯ ކޮވަޗްގެ އިތުރުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވެސް ވަނީ ހޫނު ގަދަވުމުގެ ސަބަބުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ފީފާގެ ގަވާއިދުތައް ބުނާ ގޮތުން މެޗު ކުޅެމުންދާއިރު 32 ޑިގްރީއަށްވުރެ ހޫނު ގަދަވެއްޖެނަމަ ކޫލިން ބްރޭކް ދޭން ޖެހޭނެ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕް މުޅިން އައު ފޯމެޓަކަށް މި ފަހަރު އެމެރިކާގައި ކުރިއަށް ގެންދާއިރު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ގިނަ މެޗުތަކެއް އެމެރިކާގައި ކުޅޭނެ އެވެ. އެހެންކަމުން ވޯލްޑް ކަޕްގެ މެޗުތަކަށް ހޫނު ގަދަވުމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
