
ސިނެމާތަކުގައި ދާދި ފަހުން އަޅުވާފައިވާ ފިލްމެއް ކަމަށްވާ ފިލްމު “މާ” ގެ ޑިސްޓްރިބިއުޝަންއާއި މެދުގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހިތްހަމަ ނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ “މާ” ނެރެފައިވަނީ 1500 ސްކްރީނުގައި ކަމަށާއި، އާންމު ގޮތެއްގައި އެފަދަ ފިލްމެއް 2000 ވަރަކަށް ސްކްރީނުގައި އަޅުވާ ކަމަށެވެ. އަދި ފިލްމުގެ ޝޯތައްް ސިނަމާތަކަށް ރަނގަޅަށް ބަހާފައި ނުވާ ކަމަށްވެސް ފިލްމުގެ އުފެއްދުންތެރިންނާ ހަވާލީ ރިޕޯޓު ކޮށްފައި ވެއެވެ. އެހެންވެ، ފިލްމު ގިނަ ބަޔަކަށް ފެނިފައި ނުވާ ކަމަށްބުނެ ފިލްމުގެ އުފެއްދުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި މި ފިލްމު ރަނގަޅަށް ނެރެ ޑިސްޓްރިބިއުޓު ކުރެވުނު ނަމަ، ފިލްމަށް ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށްވެސް ފިލްމުގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ. މިމަހު 27 ގައި ނެރުނު “މާ” އަކީ ކާޖަލްގެ ފުރަތަމަ ބިރުވެރި ފިލްމެވެ. މި ފިލްމުގައި ކާޖަލް ފެނިގެންދާނީ ޝައިތާނީ ވަސްވާހުން ދަރިފުޅު ސަލާމަތްކުރަން އުޅޭ، ބިރުކުޑަ މަންމައެއްގެ ސިފައިގައެވެ. އެގޮތުން ދަރިފުޅު ސަލާމަތް ކުރުމަށް ޝައިތާނުންނާ ކުރިމަތިލުމުގެ ތެރޭގައި ދިމާވާ ބިރުވެރި އެތައް ކަމެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ފިލްމަކަށްވީއިރު، މި ފިލްމު ޕްރޮޑިއުސް ކުރާނީ އަޖޭ ދޭވްގަން އެވެ. ކާޖަލްގެ އިތުރުން މި ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި ހިމެނެނީ އިންދްރަނޭލީ ސެންގުޕްތާ، ޖިތިން ގުލާޓީ އަދި ހެރިން ޝަރުމާއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
