
އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން މަނޮލޯ މުނޯޒް ވަކިކޮށްފިއެވެ. އޭނާ އަށް މަގާމު ދިންތާ ގާތްގަނޑަކަށް އަހަރެއް ފަހުން މި ގޮތަށް ނިންމީ އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ބައްދަލުވުމަކުންނެވެ. އެ ބައްދަލު ވުމަށް ފަހު އިންޑިޔާގގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ސްޕޭނުގެ ކޯޗު އިސްތިއުފާ ނުދޭ ކަމަށާއި ނަމަވެސް ކޯޗު މަގާމުގައި ނުބަހައްޓަން ނިންމައި އައު ކޯޗަކު ހޯދުމަށް ނިންމީ ދެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު ކަމަށެވެ. މުނޯޒް މަގާމުން ވަކި ކުރީ އޭނާގެ ކޯޗުކަމުގައި ނަތީޖާތައް ގޯސްވުމުންނެވެ.
އޭނާ އަށް ފަހު އިންޑިޔާގެ ކޯޗުކަން ހަވާލު ކުރާނެ މީހަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ. މި ގޮތުން ކޯޗުކަން ދިނުން އެންމެ ގާތް އެކަކީ ޖަމްޝެދްޕޫރް އެފްސީގެ ހެޑް ކޯޗު ޚާދިލް ޖަމީލެވެ. އޭނާ އަކީ އައި ލީގުގައި ކޯޗުކޮށްދޭ ހަމައެކަނި އިންޑިޔާގެ މީހާ އެވެ.
އިންޑިޔާގެ ކޯޗުކަމުގައި މުނޯޒަށް ކާމިޔާބު ހޯދުނީ އެންމެ މެޗަކުންނެވެ. އޭނާ ކޯޗުކަމަށް ގެނައީ އިންޑިޔާ ލީގުގައި ހައިދަރް އާބާދު އެފްސީ އާއި އެފްސީ ގޯއާގައި ހޯދި ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. ނަމަވެސް ކުލަބު ލެވަލްގައި ހޯދި ކާމިޔާބީ ގައުމީ ކޯޗުކަމުގައި ނުހޯދުމުން އިންޑިޔާއިން އައު ކޯޗަކު ހޯދަން ނިންމީ އެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
