
ފޮޓޯ ކްރެޑިޓްސް: ވީއޭއެމް)
އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ ބަލިކޮށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ. ތަށި ދިފާއުކުރުމުގެ އަޒުގައި ނިކުތް ވަރުގަދަ އެޗްޑީސީ ބަލިކޮށް މުބާރާތުގެ ތަށި ދިވެހި ސިފައިންގެ ކުލަބުން ހޯދީ 3-2 ސެޓުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނަތީޖާ ނެރުމަށް ފަސް ސެޓަށް މެޗު ދިގުދެމިގެން ދިޔައިރު ސިފައިންވަނީ އެޗްޑީސީ ކޮޅަށް ނުރައްކާކޮށް ފުރަތަމަ ސެޓުގައި ލީޑު ނަގާފައެވެ. އެގޮތުން މި މއޗުގެ ފުރަތަމަ ސެޓް ސިފައިން ގެންދިޔައީ 26-24 ހުންނެވެ. އެހެންނަމަވެސް އެޗްޑީސީން ތަފާތު ދައްކާލާ ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކުރިތަން ފެނިގެން ދިޔައެވެ. އަދި 25-23 ހުން ދެވަނަ ސެޓް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށް ސިފައިންނަށް ޕްރެޝަރު ބޮޑުކުރިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ތިން ވަނަ ސެޓުވެސް ކާމިޔާބުކުރީ އެޗްޑީސީންނެވެ. އެޗްޑީސީން މި ސެޓް ގެންދިޔައީ 25-22 ހުންނެވެ. 2-1 ކުން އެޗްޑީސީ ލީޑްނަގާފަ ވަނިކޮށް އަނެއްކާވެސް ސިފައިން ކުޅުން ރަނގަޅުކޮށް ހަތަރުވަނަ ސެޓުގައި އުންމީދު އައު ކުރިއެވެ. ހަތަރުވަނަ ސެޓް ސިފައިން ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. މިއާއިއެކު 2-2 ން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ފަސް ސެޓަށް ކުޅެގެންނެވެ. ފަސްވަނަ ސެޓުގައި ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ވަރުބަލިކަން ފެނިގެންދިޔައިރު މި ސެޓް 15-10 ކުން ކަމިޔާބުކޮށް ސިފައިން ވަނީ އެންމެފަހުގެ ޗެމްޕިއަން ބަލި މުބާރާތުގެ ތަށި ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ލުއިޒްއެވެ. އެޗްޑީސީ 3-2 ގެ ނަތީޖާއަކުން މުބާރާތުގެ ފައިނަލުން ބަލިވިނަމަވެސް ފައިނަލާ ހަމައަށް އައީ މޮޅު ކުޅުމެއްދައްކާ އެހެން ޓީމުތައް ޖެހިލުންވާވަރުގެ ނަތީޖާތަކެއް ނެރެމުންނެވެ. ދިވެހި ސިފައިންގެ ކުލަބަކީ މިދިޔަ އަހަރުގެ ވީއޭއެމް ކަޕްގެ ރަނަރަޕް ޓީމެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
