
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
އާސެނަލްގެ ޑޮކްޓަރު ޒަފަރު އިގްބާލްއާ ބައްދަލުކުރައްވައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ސްޕޯޓްސް މެޑިސިންގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އާސެނަލްގެ ޑޮކްޓަރ ވަނީ އާސެނަލާއި ލިވަޕޫލް އާއި ޓޮޓްނަމް އާއި ކްރިސްޓަލް ޕެލަސްގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްވަރުގެ ތަޖްރިބާ ހިއްސާ ކޮށްފައެވެ. އަދި ކުޅިވަރުގައި އޭނާއަށް ލިބިފައިވާ އިލްމު ވަޒީރާއި ހިއްސާކުރައްވާ، ކުޅިވަރުގައި ލިބޭ ހާނިއްކައިން ރައްކާތެރިވުމާއި ރިހިބިލިޓޭޝަނާއި ގުޅޭ ދާއިރާއިން މައުލޫމާތު ހިއްސާކުރެއްވިއެވެ.
އަދި ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ކުޅިވަރުގެ ދާއިރާގައި ރިހިބިލިޓޭޝަނާއި އަނިޔާއިން ސަލާމަތްވުމާއި ގުޅޭ ދާއިރާ ތަރައްޤީކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ރާފިޢު އާއި އާސެނަލްގެ ޑޮކްޓަރު ވަނީ މަޝްވަރާ ކުރައްވާފައެވެ. ޕާކިސްތާނަށް އުފަން ޑޮކްޓަރ ޒަފަރު އިގްބާލަކީ އާސެނަލްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިންއެވެ. އޭނާ އާސެނަލްގެ ޑޮކްޓަރުކަމާއި ހަވާލުވީ 2024 ވަނަ އަހަރުގެ ފެބުރުއަރީގައެވެ. އޭނާއަކީ މިދާއިރާގެ ދުވަސްވީ ތަޖްރިބާކާރު ޑޮކްޓަރެކެވެ.
ވަޒީރު ރާފިޢު އާއި ދެބޭފުޅުން ކުރިޔަށް ގެންދެވި މަޝްވަރާތަކުގައިވަނީ ސްޕޯޓްސް މެޑިސިންގެ ދާއިރާގައި އިގްބާލްގެ ތަޖރިބާ ހިއްސާ ކުރައްވާ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅުއްވާފައެވެ. ވަޒީރު ރާފިޢުއަކީވެސް ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ތައުލީމު ހަސިލްކުރައްވާފައިވާ މި ދާއިރާގެ ތަޖުރިބާކާރެކެވެ. ވަޒީރުވަނީ ގައުމީ ޓީމުގެ މެޑިކްގެ މަގާމުވެސް އަދަަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
