
އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ. ބުދަ ދުވަހު ވިއެޓްނާމުގެ ވިއެޓް ޓްރައި ސްޓޭޑިއަމްގައި ކުޅުނު މި މެޗު ގުއާމްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ގައުމީ އަންހެން ޓީމުން މި މެޗުގައި ގުއާމްގެ ކުޅުންތެރިން ހިފަހައްޓަން މަސައްކަތް ކުރިނަމަވެސް ގުއާމުން މެޗުން ކާމިޔާބު ކުރީ ރާއްޖޭގެ ޑިފެންސް ލައިން ފަސޭހަކަމާއެކު ފޫއަޅުވާލުމަށްފަހުއެވެ.
ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗު މުހައްމަދު އާތިފް (އާތީ ކޯޗު) ގެ އިރުޝާދުގެ ދަށުން ރާއްޖޭން މި މުބާރާތަށް ތައްޔާރުވީ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުންމީދުގައެވެ. މެޗު ފަށައިގެން ރާއްޖޭގެ ގޯލަށް ގުއާމްއިން ނުރައްކާކުރަމުން ދިޔަނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވިއިރުވެސް ގުއާމަށް ލަނޑެއް ޖެހޭގޮތެއް ނުވިިއެވެ. މެޗުގެ ފުރަތަމަ ލަނޑު ގުއާމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި މެޗުގެ 47 ވަނަ މިނިޓްގައެވެ. އަދި 55 ވަނަ މިނިޓްގައި ގުއާމުގެ ކުޅުންތެރިއަކު ބޮލުން ޖަހާ ދެވަނަ ލަނޑު ކާމިޔާބުކޮށްގެން ލީޑު ފުޅާކުރިއެވެ. މެޗުގެ ތިންވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ 76 ވަނަ މިނިޓްގައެވެ.
އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފަޔާސްގައި ރާއްޖެއިން މިމަހުގެ 29 ވަނަ ދުވަހު ވަނީ ވިއެޓްނާމާއި ދެކޮޅަށް ކުޅެފައެވެ. އެ މެޗުން 7-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. ކޮލިފައިންގެ ތިންވަނަ މެޗުގައި ރާއްޖެ ނިކުންނާނީ 05 ޖުލައިގައި ޔޫއޭއީއާ ދެކޮޅަށެވެ. އޭއެފްސީ ވިމެންސް އޭޝިއަން ކަޕް އޮންނާނީ އަންނަ އަހަރު އޮސްޓްރޭލިއާގައެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
