
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ހަލާލް ޓޫރިޒަމަށް އިންވެސްޓަރުންނަށް ފަހިކޮށްދޭންޖެހޭ އެންމެހައި ކަންކަން ފަހިކޮށްދީ މި ބާވަތުގެ ފަތުރުވެރިކަމުގައި ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރާނެ ރަށްތައްވެސް މިހާރު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކުން މިދިޔަ އަހަރު ހަލާލު ޓޫރިޒަމުން ގާތްގަނޑަކަށް 274 ބިލިޔަން ޑޮލަރުގެ އާމްދަނީ ލިބިފައިވާކަމަށެވެ. އަދި މިއަދަދު މިއަހަރު އެއަށްވުރެވެސް ބޮޑަށް އިތުރުވާނެކަމަށެވެ. ރާއްޖެއަކީ %100 މުސްލިމް ޤައުމަކަށް ވާއިރު ހަލާލު ޓޫރިޒަމްގެ ތެރެއަށް ރާއްޖެއިން ވަނުމަކީ މިކަމުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދިވެހިންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި މިގޮތަށް އައު ސެކްޓަރ ތަކަށް ވަދެގެން ވަރަށް ކާމިޔާބު ހޯދާފައި ތިބި ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވެލާ ޕްރައިވެޓް އައިލަންޑް)
ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕްރޮޑަކްޓަށްވާއިރު މި ބްރޭންޑަށް އިތުރު ސެކްޓަރ އެއް އިތުރުކުރުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ގިނަވެ، ރާއްޖޭގެ ބްރޭންޑް އިތުރަށް ރަނގަޅުވެގެންދާނެ ކަމަކަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެން ޓުއަރިޒަމް ދާއިރާގައި ކުރާ ކޮންމެ ކަމެއް އެންމެ މަތީ ފަންތީގައި ކުރެވިގެންދާކަން އޮތީ ދައްކަދީފައި. އިރާދަކުރެއްވިއްޔާ މިކަންތައްވެސް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހައިކަމެއް ޓުއަރިޒަމް ސެކްޓަރގެ އިންވެސްޓަރުންނަށް ދޭންޖެހޭ ހުރިހައި ކަމެއް ކޮށްގެން މި ޕްރޮޑަކްޓްވެސް ރަނގަޅު ހިސާބަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން.” ވަޒީރު ވިދާޅުވިއެވެ.
ހަލާލު ފަތުރުވެރިކަމަށް 5 ރަށެއް ހުޅުވާލިއިރު ސަރުކާރުން މި ރަށްތައް ހުޅުވާލާފައިވަނީ އިންވެސްޓަރުންނަށް ވަރަށް ބޮޑެތި ލުއިތަކެއްދީ އިންވެސްޓްމަންޓަށް ފަހިވާގޮތަށެވެ. ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ. ހަލާލު ނުވަތަ އިސްލާމިކް ޓޫރިޒަމަކީ މުސްލިމުންނަށް ޚާއްސަކޮށް އިސްލާމްދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލު ކެއުމާއި ބުއިންތައް ލިބެން ހުރުމާއި، ވަކި ޚިދުމަތްތައް ލިބެން ހުރެއެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
