
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެްމ ނިއުސް)
ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ ސުވިމިން ޕޫލްވެގެންދާނީ ސަރަހައްދީ ފެންވަރުގައިވެސް ދިވެހިން ފަޚުރުވެރިވާނެ ވަސީލަތަކަށްކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ މި ސުވިމިންޕޫލަކީ ރާއްޖޭގެ ފެތުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ވަސީލަތްކަމަށާ، ސަރަހައްދީ ފެންވަރުގައި ބޭއްވޭ ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތްތައްވެސް މިތަނުގައި ބޭއްވޭނެކަމަށެވެ. އެހެންކަމުން މިތަން ވެގެންދާނީ ރާއްޖެ ފަޚުރުވެރިވާނެ ފަދަ ބިނާއަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. “މިއީ އަޅުގަނޑުމެންގެ ފެތުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ވަސީލަތް، މި ރީޖަންގަވެސް ހަމަ އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ސުވިމިންގެ މުބާރާތްތައް ހޯސްޓު ކުރެވޭނެ ވަރުގެ ފެސިލިޓީއަކަށް ވެގެންދިއުމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާވާންޖެހޭނެކަމެއް ކަމުގައި އަޅުގަނޑު ދެކެނީ” ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ހަތަރު ބުރިއަށް ހަދާ މި ސުވިމިން ކޮމްޕްލެކްސް ބިނާކުރަމުންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ފެތުމުގެ ތަމްރީނުތައް ކުރިއަށްގެންދެވޭ ފެންވަރަށެވެ. މި ކޮމްޕުލެކްސްގެ މަސައްކަތް ނިމޭއިރު މިތަނުގައި 50 މީޓަރާއި 25 މީޓަރުގެ ދެ ސުވިމިން ޕޫލް ޤާއިމުވެގެންދާނެއެވެ. ހައިޖަމްޕުގެ ވަސީލަތްތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ސުވިމިން ޕޫލާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މިތަނުގެ ސަބަބުން ރާއްޖޭގައި މޮޅެތި ފެތުންތެރިން އުފެދިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. މީގެ އިތުރުން މިތަނުގައި ފެތުމުގެ މުބާރާތްތައްވެސް ބޭއްވިގެންދާނެކަމަށާ، އަދި މިއީ މިކުޅިވަރަށް ލިބިގެންދާނެ ބޮޑު ތަރައްގީއެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
“ރާއްޖޭގަ ސުވިމިން ކުދިން އިތުރަށް އުފެއްދުމާ އަދި މުބާރާތްތައް ކުރިއަށްގެންދިއުމާ އަދި މިކަހަލަ ކަންކަމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ، މިއީ ވަރަށް ވޮޑު ފެސިލިޓީއެއް، 50 މީޓަރުގެ ޕޫލާއެކު އަދި ހައިޖަމްޕު ފެސިލިޓީއެއްވެސް އެބަ އިނދޭ” ވަޒީރު ވިދާޅުވިއެވެ. މިޕޫލާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މިތަނުގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާއިރު، މިތަނުގައި ޑްރައި ލޭންޑުގައި ހަދަން ޖެހޭ ތަމްރީނުތައްވެސް ހެދޭނެކަމަށާ، އެހެންކަމުން މިތަން ވެގެންދާނީ ހުރިހާ ގޮތަކުން ބެލިކަމަށްވިޔަސް ވަރަށް ގިނަ ކުދިންނަށް ޖާގަލިބޭނެ ތަނަކަށްކަމަށެވެ. އަދި ފެތުމުގެ ގިނަ ޕްރޮގްރާމު ތަކެއްވެސް މިތަނުގައި ކުރިއަށް ގެންދިއުމަށް ރާވާފަވާކަމަށާ، ފެތުމާ ގުޅުންހުރި ނުވަތަ އެކުއަޓިކްސްގެ ތަފާތު ގިނަ މުބާރާތްތައް މިތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
ކުޅިވަރު ވަޒީރު ވިދާޅުވީ މި ޕޫލާއެކު ފެތުމުގައި ހަރަކާތްތެރިވާ ކުލަބުތައް އިތުރުވާނެކަމަށާ، މިއީ ފެތުމުގެ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ދެކެލައްވާކަމަށެވެ. ހުޅުމާލޭގައި ބިނާކުރަމުންދާ މި ޕޫލުގެ ބިންގާ އަޅާފައި ވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 10ވަނަ ދުވަހުއެވެ. ބައިނަލްއަގުވާމީ ފެންވަރަށް ތަރައްޤީކުރަން ރާވާފައިވާ މިބިނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސުވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)ގެ އިތުރުން ޗަމްޕާ ހުސައިން ޢަފީފު އަދި ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑެއްޔެއް ގެނެސްދިން ފަޚުރުވެރި އެތުލީޓު އާމިނަތު ސަޖަންއެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
