
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމަށް 35 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހުޅުވާލައިފިއެވެ. މިއީ އެ އޮތޯރިޓީގެ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ފަހިކޮށްދީފައިވާ ފުރުޞަތުތަކެވެ. އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤުސަދުގައި ފަށާފައިވާ ސްޓްރެޓެޖިކް ޕްރޮގްރާމެކެވެ.
ފައިނޭންޝަލް ލިޓްރޭސީ، ހޭލުންތެރިކަން، އަދި ކެޕޭސިޓީ ޑިވެލޮޕްމަންޓަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ ހަބަކަށް ދިވެހިރާއްޖެ ހެދުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދޭނެކަމެއް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެންޔޫ)
އެމްއެމްއޭއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި، މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތުތައް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު އެމްއެމްއޭއިން ވަނީ މެލޭޝިއާގެ މަޝްހޫރު ދެ ޔުނިވަރސިޓީއެއްކަމަށްވާ، އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް، އައިއެންސީއީއައިއެފް އަދި ޔުނިވާސިޓީ އިސްލާމް ސެލަންގޯރ، ޔޫއައިއެސްގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ސްކޮލަރޝިޕަށް ހުޅުވާލާފައިވާ ޕްރޮގްރާމްތައް:
• އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް
ޔުނިވަރސިޓީ – އައިއެންސީއީއައިއެފް
ފުރުޞަތުތައް – ފުލީ ފަންޑެޑް 5 ފުރުޞަތު
– ޕާޝިއަލީ ފަންޑެޑް 5 ފުރުޞަތު
• މައިކްރޯ ސެޓްފިކެޓް ފްރޮމް އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް
ޔުނިވަރސިޓީ – އައިއެންސީއީއައިއެފް
– 5 ފުރުޞަތު
• ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިންގ އެންޑް ފައިނޭންސް
ޔުނިވަރސިޓީ – ޔުނިވަރސިޓީ އިސްލާމް ސެލަންގޯރ، ޔޫއައިއެސް
– 20 ފުރުޞަތު
ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އެމްއެމްއޭގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށެވެ. އެމްއެމްއޭއިން ވިދާޅުވީ، ސްކޮލަރޝިޕް ހޮވުމުގެ ޕްރޮސެސް ކުރިއަށްދާނީ މެރިޓް އަދި ފައިނޭންޝަލް ނީޑްސް އެއްކޮށްލައިގެންކަމަށެވެ. އަދި އިވެލުއޭޝަން ޕްރޮސެސްގެ ތެރެއިން އިންޓަވިއު ކުރުންވެސް އޮންނާނެކަމަށްވެސް އެ އޮތޯރިޓީއިން ވިދާޅުވެއެވެ. އެމްއެމްއޭގެ ވެބްސައިޓުގައިވާ ލިންކުތައް މެދުވެރިކޮށް މި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ. ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މި ހިންގާ ޖުލައި މަހުގެ 17ވާ ބުރާސްފަތި ދުވަހުގެ މެންދަމު 11:59އެކެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
