
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ރާއްޖޭގައި ހެލިކޮޕްޓަރުގެ އަލުން ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް ފަށްޓަވަން ސަރުކާރުން ނިންމެވީ، ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތަޢާރަފު ކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ. އެގޮތުން ސަރުކާރުން މިކަން އިއުލާންކޮށްފައިވަނީ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަޔަކު ހޯދުމަށް އިއުލާންކުރުމުން ބައިނަލްއަޤްވާމީ އެކި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. އެހެންނަމަވެސް އެ ޚިދުމަތް ދިނުމަށް ބޭނުންވާ މިންގަނޑަށް އެ ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ދިމާވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ ދިމާވީ ހިތާމަވެރި ހާދިސާތަކަކާ ގުޅިގެން މީގެ އެތައް އަހަރެއް ކުރިންކަމަށެވެ. އެގޮތުން އަލުން މި ޚިދުމަތް ފަށާއިރު ބޭނުންވަނީ ޔޫކޭ ސީއޭ އެސެސްމަންޓް ސްޓަޑީއަކާއެކު ފެންވަރު ރަނގަޅު ރައްކާތެރި ޚިދުމަތެއް ދެވޭނެ ގޮތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަދި އެންމެފަހުން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުގެ ޕްރޮސެސިން ހުއްޓާލީ ރައްޔިތުންނަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާ ކުރާނެ ގޮތަކަށް އެކަން ކުރުމަށްކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އަނެއްކާ ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފެށޭނެކަމަށް ވިދާޅުވިއެވެ. “ރާއްޖޭގެ ހެލިކޮޕްޓަރު ޙިދުމަތުގައި ވަރަށް ދެރަ ހާދިސާ މީގެ 25 އަހަކަށް އަހަރު ކުރިން ވަނީ ހިނގާފައި. އަޅުގަނޑުމެން ދެން ޔޫކޭ ސީއޭ އެސެސްމަންޓް ސްޓަޓީއަކާއި އެކީގައި އެހިދުމަތް ފަށަން ބޭނުންވަނީ. އެހެންވީމައި އެ ޙިދުމަތަކީ ރާއްޖޭގައި އެކަހަލަ ދެރަ ހާދިސާތައް ހިނގާފައިކަމަށް ވާތީ. ބަލަން ޖެހޭ އިތުރު ކަންތައްތައް ހުރުމާއި މި ހިދުމަތުން ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާ ކުރަނިވި ގޮތަކަށް މި ޙިދުމަތް ފެއްޓުމަށް އެ އިރު އެ ޕްރޮސެސް ހުއްޓާލީ. އެހެންނަމަވެސް މާ ލަސްތަކެއް ނުވެ އެ ޕްރޮސެސް ފަށާގަނެވޭނެ” ވަޒީރު އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި “ޓްވިން އިންޖީން” ހެލިކޮޕްޓަރުކަމަށް ވަޒީރު ވިދާޅުވިއެވެ. 1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދިޔައީ ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ހަމިންބާޑުގެ ނަމުގައި އޭރު އޮޮޕަރޭޓްކުރަމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ އޭރު ދިމާވި ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
