
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ތިލަފުށީގައި ތަރައްޤީކުރާ ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ ނުވަތަ ކޮންޓެއިނަރ ޑެޕޯގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ މެދުތެރެއަށް ނިންމާލާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ. ތިލަފުށީގައި ކޮންޓެއިނަރ ޑެޕޯއެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުންދަނީ މިހާރު މާލެ ވިޔަފާރި ބަނދަރު އަދި ހުޅޫމާލޭ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށެވެ. އެމްޕީއެލްއިން ވިދާޅުވި މިވަގުތު ހުޅުމާލެ އަދި މާލެ ބަނދަރުގައިވެސް ހުސް ކޮންޓެއިނަރ ބެހެއްޓުމުގައި ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެގޮތުން މިވަގުތު މާލެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރ ބެހެއްޓުމުގެ ބަދަލުގައި ހުޅުމާލެ ކޮންޓެއިނަރތައް ގެންދާކަމަށް ވިދާޅުވިއެވެ.
ތިލަފުށީގައި ތަރައްޤީކުރާ ކޮންޓެއިނަރ ޑެޕޯއަކީ 2000 ކޮންޓެއިނަރުގެ ޖާގައިގެން ތަނެކެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން 60 މީޓަރުގެ އެތެރެ ތޮށްޓެއް ލުމާއި އަދި އިތުރު 15 މީޓަރުގެ ތޮއްޓެއް ލުމެވެ. މީގެ އިތުރުން ބިންގަނޑު އެއްވަރުކުރުމަށްވެސް މި ފިޔަވަހީގައި މަސައްކަތް ކުރެވޭނެއެވެ.
“ފުރަތަމަ ފިޔަވަހީގައި ގްރައުންޑް ލެވެލް ކުރުން މިއިނދީ ނިމިފައި، ދެން 60 މީޓަރު ކީވޯލް ނިންމާ، 15 މީޓަރު ކީ ވޯލް ފަށައިގެން ކުރިއަށްދަނީ. އަޅުގަނޑުމެން ލަފާކުރަނީ ޖުލައި ނިޔަލަށް ފޭސް 1 އެއްކޮށް ނިންމާލެވޭނެ ކަމަށް” އެމްޕީއެލްގެ ޕްރޮޖެކްޓް އިންޖިިނިއަރ އަހުމަދު ޒުހޫރު ޒައީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ތަނަށް ބޭނުންވާ ވަސީލަތް ޤާއިމްކޮށް ތަން ބޭނުން ހިފޭގޮތަށް ހަދާނެއެވެ. މިމަސައްކަތް ކުރާނީ އެމްޕީއެލްގެ މުވައްޒަފުންނެވެ. އެ މަސައްކަތް އޯގަސްޓް މަހުގެ މެދުތެރެއަށް ނިންމާނެ އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ. “ދެވަނަ ފިޔަވަހީގައި އަންނާނީ ފެންސް އައުޓް ކުރުން. އެމްޓީ ޑެޕޯ ކޮންޓެއިނަރ ފޭސް އައުޓް ކުރުން، މިތަނަށް ބޭނުންވާ ސާވިސެސް ހޮޅިއެޅުމާއި، ކަރަންޓާއި ޖެން ޝެޑް އަދި ލައިޓް ޕޯސްޓުތައް ހަރުކުރުން.” ޒުހޫރު ވިދާޅުވިއެވެ.
އެމްޕީއެލްއިން ވިދާޅުވީ މިމަސައްކަތް ނިމިގެންދާއިރު މާލެ ވިޔަފާރި ބަނދަރަށް އަދި ހުޅުމާލެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށެވެ. އަދި މިއީ މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހައެއް ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެކުންފުނިން ހުސް ކޮންޓެއިނަރުތައް ބަހައްޓާ ޑެޕޯ ތަރައްޤީކޮށް ބޭނުން ކުރަން ތައްޔާރުވަމުންދާއިރު، ތިލަފުއްޓަށް މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކުންފުނީގެ ކޮންޓެއިނަރ ޑެޕޯ ތަރައްޤީކުރަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރާ ސަރަހައްދާ އިންވެގެންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
