
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސޯލާ ސިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ކަނޑައަޅުއްވާ، މަޝްރޫޢު ކުރިއަށްގެންދަން ލުއިތަކެއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިމަޝްރޫޢަކީ އެސްއީޒެޑްގެ މަޝްރޫޢެއްގެ ގޮތުގައި ހިންގުމަށް ހުއްދަ ލިބުނު ފުރަތަމަ މަޝްރޫޢުއެވެ. ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންވަރު އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ކަންޑައަޅުއްވާފައެވެ. މިކަންކަމާއެކު ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ސޯލާ ސިޓީ މަޝްރޫޢު މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.
ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި މިމަޝްރޫޢު ކަނޑައެޅުއްވުމާއެކު ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބޭއްވި ބިޒްނަސް ފޯރަމުގައި މިމަޝްރޫޢުއާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގައެވެ. ސޯލާ ސިޓީ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަން:
1. 100 މެގަވޯޓް ގެ ސޯލަރ ނިޒާމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން
2. އެކި ހަރަކާތްތަކާއި، ކޮންފަރެންސް އަދި ބައްދަލުވުންތައް ބޭއްވޭ ގޮތަށް މައިސް ފަތުރުވެރިކަމަށް ހާއްސަކޮށް ސަރަހައްދު ތަރައްޤީކުރުން
3. މުދާ ގެނެސް ބެހެއްޓޭ ގޮތަށް އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކުރުން
4. އެކި ބޭނުންތަކަށް ދިރިއުޅެވޭ ގޮތަށް ސަރަހައްދު ތަރައްޤީކުރުން
އެސްއީޒެޑްގެ ފުރަތަމަ މަޝްރޫޢު ތަރައްޤީ ކުރުމަށް، ގިނަ އިނާޔަތްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަސާސީ ޚިދުމަތްތައް ޤާއިމްކުރަން ޑިވެލޮޕަރަށް ޓެކުހާއި އިމްޕޯޓް ޑިއުޓީގެ ބައެއް އިނާޔަތްތައް ދެއެވެ. އަދި ވިޔަފާރި ހިންގުމަށްވެސް މިފަދަ އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވާއިރު އެކި ބޭނުންތަކުގައި އެ ސަރަހައްދު ތަރައްޤީކުރާއިރު އެ ބޭނުމަކާއި ގުޅޭގޮތަށް މިފަދަ އިނާޔަތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ހިމަނާފައިވެއެވެ. ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި ކުޑަބަނޑޮހުގެ އިރުން އޮތް ސަރަހައްދުގައި ކަމަށް މިމަޝްރޫޢުގެ އެސްއީޒެޑްގެ މަޝްރޫޢުއެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޤަރާރުގައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
