
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޕޯޓަލްގައި ރެޖިސްޓަރކޮށްގެން 750 ޑޮލަރާއި ހަމައަށް އޭޓީއެމްއިން ފައިސާ ނެގޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހާމަކޮށްފިއެވެ. ބީއެމްއެލްއިން މިމަހުގެ 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ އުސޫލުގެ ދަށުން ރާއްޖެއިން ބޭރުގައި ކުރެވޭ މުޢާމަލާތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރެއިން އެއް ބަދަލަކީ ރާއްޖެއިން ބޭރުގައި ދިވެހި ރުފިޔާ ކާޑުތައް މެދުވެރިކޮށް އޭޓީއެމްއިން ނެގޭ މިންވަރު 125 ޑޮލަރަށް ދަށް ކުރުމެވެ. އަދި މީގެ ކޮންމެ މުޢާމަލާތަކަށް 10 ޑޮލަރު ނެގުމަށް ވަނީ ނިންމާފައެވެ. ބީއެމްއެލްއިން ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މިހާރެކޭ އެއްގޮތަށް 750 ޑޮލަރު ލިބޭނެ ކަމަށެވެ.
އުސޫލަށް ގެނައި ބަދަލުގެ ތަފްސީލުތައް ހާމަކުރައްވާ ބޭންކުން ވިދާޅުވީ، މިހާރު 750 ޑޮލަރުގެ ލިމިޓް ބޭނުންވާ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ދިވެހިންނަށް، ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލްގައި ރެޖިސްޓަރ ކުރަވޭނެ ކަމަށެވެ. އެގޮތުން ދިވެހި އެ ފަރާތްތަކަށް 750 ޑޮލަރާއި ހަމައަށް، ކާޑުތަކުން ފައިސާ ނެގުމާއި އަދި ޕީއޯއެސްތައް މެދުވެރިކޮށް މުޢާމަލާތް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
Customers living overseas can make payments or withdraw up to USD 750.
Foreign limit portal: https://t.co/OOJvSsbZGc pic.twitter.com/dgXcwYv5pU
— Bank of Maldives (@bankofmaldives) July 1, 2025
މީގެ އިތުރުން ކިޔަވާ ދަރިވަރުންނަށް ހަމަޖައްސައި ދީފައިވާ 1200 ޑޮލަރުގެ ލިމިޓަށް ކުރިއެކޭ އެއްގޮތަށް އެއްވެސް ބަދަލެއް ނައިސް ފައިސާ ނެގޭނެ ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވިއެވެ. މިގޮތުން އައު އުސޫލުގެ ދަށުން ނަގާ ފީ ވެސް ކިޔަވާ ކުދިންނަށް ނުނަގާނެ ކަމަށް ބޭންކުން ވަނީ ހާމަކުރައްވާފައެވެ. ކިޔަވާ ކުދިންނަށް ދޭ 1200 ޑޮލަރުގެ ލިމިޓަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. އަދި ބޭރުގައި އިންޓާންޝިޕް ހަދާ ދަރިވަރުންނަށްވެސް މި ލިމިޓް މިގޮތަށް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
ބޭންކުން ޢަމަލުކުރަން ފެށި އޫސުލުގެ ތެރެއިން ދިވެހި ރުފިޔާގެ ޑިބިޓް ކާޑު ލިމިޓުވެސް ވަނީ ބޮޑުކޮށްދީފައެވެ. އެގޮތުން 500 ޑޮލަަރަށް ލިމިޓް ބޮޑުކޮށްފައިވާއިރު، އާންމުކޮށް ދިވެހި ވިޔަފާރި ކުރާ ބައެއް ސައިޓުތަކުން 30 އިންސައްތައާއި ހަމައަށް ފީ އެއް ނެގުމަށް ބޭންކުން ވަނީ ނިންމާފައެވެ. ނަމަވެސް މި ފީ ނަގަނީ ދިވެހި ރުފިޔާ ޑެބިޓް ކާޑުން އެކަނި ކަމަށާއި އެހެން ހުރިހާ ކާޑެއްގައި އެއްވެސް އިތުރު ފީ އަކާއި ނުލާ ކަނޑައަޅިފައިވާ މިންވަރަށް ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ވަނީ ހާމަކުރައްވާފައެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް 45 މިލިޔަން ޑޮލަރު އެކި ވިޔަފާރި ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައެވެ. މީގެ ތެރެއިން %75 ދަނީ އެކި ވެބްސައިޓުތައް މެދުވެރިކޮށް ވިޔަފާރިކުރުމަށް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އެގޮތުން ދާދި ފަހުން ދިވެހިން މެދުގައި މަޤްބޫލްވި ޓެމޫއަށް އެކަނިވެސް މަހަކު 7 މިލިޔަން ޑޮލަރު ބޭރުކުރެވޭ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ. ބޭރުފައިސާގެ ތާށިކަމާއެކު ރާއްޖޭގެ އަސާސީ ބޭނުންތަކަށް ބޭރު ފައިސާ ހިފެހެއްޓުން މިހާރު ވަނީ މުހިންމު ވެފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާން ލިބޭ ބޭރުފައިސާގެ ބައެއް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރުފައިސާގެ ޤާނޫނެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
