
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އައިބީރިއަން ޕެނިންސުލާގައި އުފެދިފައިވާ ހީޓް ޑޯމްއެއްގެ ސަބަބުން ވިލާތުގެ ޤައުމުތަކުގައި އާދަޔާ ޚިލާފަށް ހޫނުގަދަވެއްޖެއެވެ. ދުނިޔޭގެ އެހެން ސަރަޙައްދުތަކާ އަޅާބަލާއިރު ވިލާތުގެ ސަރަޙައްދުގެ ފިނިހޫނުމިން އިތުރުވާ މިންވަރު ދެގުނަ އިތުރެވެެ. އެއާއެކު ހޫނު މޫސުން ފެށޭ ދުވަސްވަރު ވެސް އާދަޔާ ޚިލާފަށް ހޫނުގަދަވެ އެކި ކަހަލަ ހާދިޘާތައް ހިންގުން ގިނަވެއެވެ. މެޑިޓެރޭނިއަން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ހޫނު މޫސުމުގައި އާންމުކޮށް ހުންނަ މިންވަރަށްވުރެ ހަ ޑިގްރީ ސެލްސިއަސް ހޫނުވެފައިވާއިރު އެ ކަނޑުގައި އޮންނަ ބަލީރިކް ސަރަޙައްދުގެ ލޮނުގަނޑުގެ ހޫނުމިން ވެސް ވަނީ 30 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.
ފަރަންސޭސިވިލާތުން ވަނީ އެ ޤައުމުން މިހާތަނަށް ޖޫން މަހެއްގައި ތަޖުރިބާކުރި އެންމެ ހޫނު ދުވަސް މި އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހު ތަޖުރިބާކޮށްފައެވެ. އެއާއެކު އެ ޤައުމުގެ ޞިއްޙީ އިދާރާތަކުން ދަނީ އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަފާތު ސަމާލުތައް ނެރެމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގެ ހޫނުމިން 41 ޑިގްރީއާ ހަމައަށް އިތުރުވާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކުރެއެވެ. އެ ޤައުމުގެ 1،350އަށްވުރެ ގިނަ މަދަރުސާ ވަނީ ގަދަ ހޫނުގެ ސަބަބުން ބަންދުކޮށްފައެވެ. އޭގެ އިތުރުން ނެދަލެންޑްސްގައި ވެސް ވަނީ ގަދަ ހޫނާ ގުޅޭ ޚާއްޞަ ޕްރޮޓޮކޯލްތައް ތަންފީޒުކޮށްފައެވެ. އެ ޤައުމުގެ މަދަރުސާތަކުގައި ކިޔަވާ ގަޑިތައް ކުރުކޮށް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހެނިހެން ފިޔަވަޅުތައް ވަނީ އަޅައިފައެވެ. އަދި އެކަނި ދިރިއުޅޭ މުސްުކުޅިވެރިންގެ ޙާލުއަހުވާލު ބެލުމަށް ޚާއްޞަ ޙަރަކާތެއް ވެސް ފަށާފައިވެއެވެ.
ހޫނުގަދަވުމުގެ ސަބަބުން ދަނޑުތައް ހިކި އަލިފާން ރޯވުމުގެ ފުރުޞަތު ވެސް ދަނީ އިތުރުވަމުންނެވެ. މިއީ ދަނޑުތަކުން ގޮވާން ކަނޑައި ދުވަސްވަރަށްވެފައި އަލިފާން ރޯވުމުގެ ނުރައްކާ މި ދުވަސްވަރު އިތުރުވެއެވެ. މިހާ ހޫނުގަދަ ދުވަސްވަރެއްގެ ދުވާލުގެ ވަގުތުގައި ގޮވާން ކެނޑުމަށް ބޭނުންކުރާ މެޝިނުތަކުގެ ސަބަބުން ވެސް ދަނޑުތަކުގައި ރޯވުން އެކަށީގެންވެއެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ގޮދަން އުފައްދާ ޤައުމުކަމަށްވާ ފަރަންސޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި މިހާރު ވެސް މި ފަދަ އަލިފާންގަނޑުތައް ރޯވެފައިވެއެވެ. އެެހެންކަމުން ގޮވާން ކެނޑުމުގެ މަސައްކަތް ވެސް ރޭގަނޑުގެ ވަގުތުތަކުގައި އެކަނި ކުރުުމަށް ބައެއް ސަރަޙަައްދުތަކުގައި ވަނީ އަންގާފައެވެ.
އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ސްވިސް ރީ އިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންތިހާއަށް ހޫނުގަދަވުގެ ސަބަބުން އަހަރަކު 480،000 މީހުން މަރުވެއެވެ. މިއީ ފެންބޮޑުވުމާއި ބިންހެލުމާއި ތޫފާންަފަދަ ޤުދުރަތީ ކާރިޘާތަކުގައި މަރުވާ މީހުންގެ ޖުމްލަ އަދަދަށްވުރެ އިތުރު އަދަދެކެވެ. ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި ފޮސިލް ފިއުލް އެންދުމުން ޖައްވުގެ ތެރެއަށް ގްރީން ހައުސް ގޭސް ބޭރުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ މުހިންމު ސަބަބެކެވެ. އޭގެ އިތުރުން ޖަންގަލިތަކުން ގަސް ކެނޑުމާއި ސިނާއީ ޙަރަކާތްތަކުގެ ސަބަބުން ވެސް ދުނިޔެ ހޫނުވުމަށް މެދުވެރިވެއެވެ. މިދިޔަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ ދުނިޔެ އެންމެ ހޫނުވި އަހަރެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
