
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންނާއި އެމެރިކާއާ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) މެދުވެރިކޮށް އެހީގެ ސާމާނު ބަހާ ނިޒާމާމެދު ކަންބޮޑުވުން ފާޅުކޮށް 170އަށްވުރެ ގިނަ އަމިއްލަ ޖަމުޢިއްޔާއިން އެ ނިޒާމާ ދެކޮޅަށް ތެދުވެއްޖެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު، ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީ ފަށާފައިވާ ޢުދުވާން ކުރިއަށްދާތާ ދެ އަހަރާ ގާތްވެފައިވާއިރު މި އަހަރުގެ ކުރީކޮޅު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމުކުރި ޢުދުވާން ހުއްޓަލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލުކުރުން ވަނީ ދުވަސްކޮޅަލަށް މެދުކަނޑާލައިފައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، ޔަހޫދީން ވަަނީ އެއްބަސްވުމާ ޚިލާފުވެ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އަދި ޣައްޒާއަށް އެއްެވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދޭހެން ތިން މަހެއްހާ ދުވަސް ވަންދެން ދަތިކުރިއެވެ. އެއަށްފަހު މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މަދު މިންވަރެއްގެ އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުއްދަ ދީފައިވާ ނަމަވެސް އެހީގެ ސާމާނު ބެހުމަށް ބާރުފޯރުވުމުގެ ގޮތުން ޔަހޫދީން އެ މަސައްކަތް ޙަވާލުކޮށްފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރުނކަމުގައިވާ އެމެރިކާއާ ގުޅުންހުރި ކުންފުންޏަކަށެވެ.
ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެހީގެ ސާމާނު ބަހާ މަރުކަޒުތައް ޤާއިމުކޮށް ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފްގެ ނަމުގައި ހިންގާ ކުންފުނިން ދަނީ އެހީގެ ސާމާނު ބަހަމުންނެވެ. ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ 56،000އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު، މިދިޔަ މެއި މަހުގެ 26ވަނަ ދުވަހު ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފެށިފަހުން 500އަށްވުރެ ގިނަ މީހުން ވަނީ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދުކޮށްލައިފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޖީއެޗްއެފުން ބޭނުން ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާއި ލޮޖިސްޓިކްސް ކުންފުނިތަކެވެ. އެ ނިޒާމުގެ ސަބަބުން އެހީ ބެހުމުގެ މަސައްކަތަށް އދން އިސްވެ ބޭނުން ކުރަމުން ދިޔަ ނިޒާމު ވަނީ އެއްކޮށްހެން ހުއްޓުމަކަށް އައިސްފައެވެ. އެމެރިކާއިން ބޭނުން ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތުގައި އދން ޖީއެޗްއެފާއެކު ބައިވެރިވުމަށެވެ. ނަމަވެސް އދން ވަނީ އެ ކަމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ.
މި ހަފްތާގެ ތެރޭގައި އދގެ ސެކެޓްރީ ޖެެނެރަލް އެންތޯނިޔޯ ގުތޭޚޭޝް ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ގެންގުޅޭ ނިޒާމަކީ ރައްކާތެރި ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމުގެ ދަށުން އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގޮތްހުސްވެފައިވާ ބަޔަކު އަސްކަރީ ބާރުތަކުން ޙަަރަކާތްތެރިވާ ސަރަޙައްދުތަކަކަށް އެއްކޮށް ޖަމާކުރާ އެއްވެސް ޙަރަކާތަކީ އޭގެ ޒާތުގައި ރައްކާތެރި ޙަރަކާތެއް ނޫން ކަމަށާއި އެ ޙަރަކާތުގެ ސަބަބުން މީހުން މަރުވަމުންދާ ކަމަށެވެ. ޖީއެޗްއެފް މެދުވެރިކޮށް އެހީ ބަހާ ނިޒާމާ ދެކޮޅަށް 171 ޖަމުޢިއްޔާއަކުން ސޮއިކޮށް ނެރެފައިވާ ލިޔުމުގައި ވަނީ އެ ނިޒާމު މެދުވެރިކޮށް އެހީގެ ސާމާނު ބެހުން ހުއްޓައިލުމަށް ޔަހޫދީންނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ޤައުމުތަކަށް ގޮވާލައިފައެވެ. އަދި އދ މެދުވެރިކޮށް އެހީ ބަހަމުންދިޔަ ނިޒާމު އަލުން އިއާދަކުރުމަށް ވެސް ގޮވާލައިފައިވެއެވެ.
ބަޔާނުގައި ބުނީ ފަލަސްޠީނުގެ ރައްޔިތުންނަށް އޮތީ ދެ ގޮތުންކުރެ އެއް ގޮތް ކަމަށާއި ދެ ގޮތަކީ ވެސް ރަނގަޅު ނޫން އިޚްތިޔާރުތަކެއް ކަމަށެވެ. އެ ގޮތުން ޣައްޒާގެ ރައްޔިތުންނަށް އޮތް ފުރަތަމަ އިޚްތިޔާރަކީ ބަނޑަށް ޖެހި މަރުވުން ކަމަށާއި ދެވަނަ އިޚްތިޔާރަކީ ބަނޑަށް ޖެހި މަރުވުމުން އަމިއްލަ ނަފްސާއި ޢާއިލާ ސަލާމަތްކުރުމަށް ކާބޯތަކެތި ހޯދަން މަސައްކަތްކުރުމުގެ ތެރޭގައި ޝަހީދުވުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބަޔާނުގައި ސޮއިކޮށްފައިވާ ޖަމުޢިއްޔާތަކުގެ ތެރޭގައި އޮކްސްފެމްއާއި ޑޮކްޓަރސް ވިތައުޓް ބޯޑަރސްއާއި ސޭވް ދަ ޗިލްޑްރެންއާއި ނޯވެއިޖަން ރެފިއުޖީ ކައުންސިލްގެ އިތުރުން އެމްނެސްޓީ އިންޓަނޭޝަނަލް ވެސް ހިމެނެއެވެ. ޑޮކްޓަރސް ވިތައުޓް ބޯޑަރސްއިން ބުނީ ފާއިތުވި މަސްދުވަހުގެ ތެރޭގައި ޣައްޒާގައި ހުންނަ އެ ޖަމުޢިއްޔާގެ ކުޑަ ދެ ޞިއްޙީ މަރުކަޒަށް ޝަހީދުވެފައިވާ 22 މީހުންނާއި ޒަޚަމްތައް ލިބިފައިވާ 548 މީހުން ގެނެސްފައިވާ ކަމަށެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑަށް ވަޒަން އަރާފައިވާ ކަމަށާއި ވަޒަން އަރާފައިވާ ގޮތުން އެއީ ގަސްތުގައި ދީފައިވާ ޙަމަލާތަކެއްކަން ޔަޤީންވާ ކަމަށް އެ ޖަމާޢަތުން ފާހަގަކޮށްފައިވެއެވެ.
އެހީ ބަހާ މަރުކަޒުތައް ކައިރިން މީހުން ޝަހީދުކޮށްފައިވާ ހާދިޘާތަކުގެ 50 އިންސައްތައިގައި ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ސޭވް ދަ ޗިލްޑްރަންއިން ވަނީ ފާހަގަކޮށްފައެވެ. އެ ޖަމްޢިއްޔާގެ އިންސާނީ މަސައްކަތާގުޅޭ ޑިރެކްޓަރު، ރޭޝަލް ކަމިންގްސް ވިދާޅުވީ އެ ޖަމްޢިއްޔާއިން ވާހަކަ ދެއްކި ބައެއް ކުޑަކުދިން ޝަހީދުވާން ބޭނުންވާ ކަމަށާއި ޝަހީދުވެ ގޮސްފައިވާ މަައިންބަފައިންނާއެކު ވުމަށް އެދޭ ކަމަށް ބުނަމުންދާ ކަމަށެވެ. ކާބޯތަކެތި ނުލިބޭތީ އެ ކުދިން އެދެނީ ސުވަރުގެެއިން އެ ތަކެތި ހޯދުމަށް ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ޖޫން މަހުގެ 30ވަނަ ދުވަހު ޔަހޫދީން ވަނީ އެހީ ބަހާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުން ޣައްޒާގެ ރައްޔިތުންނަށް ގެއްލުން ދީފައިވާ ކަމަށް އިޢުތިރާފުވެފައެވެ. ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްލުމަށްފަހު ޔަހޫދީން ބުނީ އެ ކަމުން މިހާރު ފިލާވަޅެއް ލިބިގަނެފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
