
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އަމުރުކުރައްވައި އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ސޮއިކުރައްވައި ޤަރާރެއް ނެރުއްވައިފިއެވެ. ޓްރަމްޕްގެ ނިންމެވުމާއެކު ބައިނަލްއަޤްވާމީ މާލީ ނިޒާމުން ސޫރިޔާ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. އަދި ސޫރިޔާ އަލުން އާރާސްތުކުރުމަށް އެހީތެރިވުމަށް އެމެރިކާއިން ވައުދުވެފައިވާ ގޮތަށް އެ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ވަނީ ޙަވާލުވެފައެވެ. ސޫރިޔާގެ އައު އިންތިޤާލީ ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ ގުޅުންތައް އަލުން ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދާއި އޭނާއާ ގުޅުންހުރި އެކި ފަރުދުންނާއި އިންސާނީ ހައްޤުތަކާ ޚިލާފަށް އަަމަލުކުރާ މީހުންނާއި ޑްރަގުގެ ވިޔަފާރިކުރާ މީހުންނާއި ކެމިކަލް ހަތިޔާރާ ގުޅޭ ޙަރަކާތްތަކާ ގުޅުންހުރި މީހުންނާއި އައިއެސް ޖަމާޢަތާއި އައިއެސްއާ ގުޅުންހުރި މީހުންގެ އިތުރުން އީރާނާ ގުޅުންހުރި ޖަމާޢަތްތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އަސަރެއް ނުކުރާނެ ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު، ކެރޮލައިން ލެވެޓް ވަނީ ވިދާޅުވެފައެވެ. ސޫރިޔާގެ ޚާރިޖީ ވަޒީރު އަސާދު އަލް-ޝިބާނީ ބުނީ ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅާ އެމެރިކާގެ ޙަރަކާތް ނިމުމަކަށް ގެނައުމުން ދިގު އިންތިޒާރަކަށްފަހު ޤައުމު އަލުން އާރާސްތުކޮށް ތަރައްޤީކުރުމަށް އައު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ޤަައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އޮތް ހުރަސްތައް ނެތިގެން ދާނެ ކަމަށެވެ. ހަމައެއާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ސޫރިޔާއިން ބައިވެރިވުމަށް ފުުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އަލްޝަރާޢުއާއި ޓްރަމްޕް ވަނީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ބައްދަލުކުރައްވައިފައެވެ. ޓްރަމްޕް ޝަރާޢުއާ ބައްދަލުކުރެއްވުމުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތައް އަންނަމުންދާކަން ވަނީ ފާހަގަވެފައެވެ. އެ ދަތުރުގައި ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭނެ ކަމަށް ކުއްލި ގޮތަކަށް އިޢުލާނުކުރައްވައިފައެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތައް އުވާލުމަށް ހިތްވަރުދެއްވައިފައެވެ. ވިލާތުން ވެސް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.
ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ޚާއްޞަ މަންދޫބު، ތޯމަސް ބައްރަކް ވިދާޅުވީ ސޫރިޔާއަށް ފުރުޞަތެއް ދިނުން ހައްޤު ކަމަށާއި އެ ގޮތަށް އެމެރިކާއިން އަމަލުކޮށްފައިވާ ކަމަށެވެ. ސޫރިޔާއާ ދެކޮޅަށް އަަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ވަރަށް ފަރުވާތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ އަމުރުފުޅުގައި އެޗްޓީއެސްއަކީ ނިރުބަވެރި ޖަމާޢަތެެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން މުރާޖަޢާ ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރަށް އަންގަވާފައިވެއެވެ. އަދި ސޫރިޔާއަކީ ނިރުބަވެރިންނަށް ވާގިވެރިވާ ދައުލަތެއްގެ ގޮތުގައި އޮތް އޮތުން މުރާޖަޢާކުރުމަށް ވެސް ވަނީ އަންގަވައިފައެވެ.
ވައިޓް ހައުސުން ބުނީ ސޫރިޔާއާ ގުޅޭ ކަންކަން އެމެރިކާގެ ސަރުކާރުން ގާތުން ބަލަމުންދާނެ ކަމަށެވެ. އެ ގޮތުން ސޫރިޔާއާއި ޔަހޫދީންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރާ މިންވަރާއި ސޫރިޔާގައި އުޅޭ ބޭރުގެ ނިރުބަވެރިންނާމެދު އަމަލުކުރާ ގޮތާއި ފަަލަސްޠީނުގެ ނިރުބަވެރިން ކަމަށް ބުނާ މީހުން ޤައުމުން ފޮނުވާލުމާއި ފަލަސްޠީނާ ގުޅުންހުރި ނިރުބަވެރި ޖަމާަޢަތްތައް ސޫރިޔާގައި ޙަރަކާތްތެރިވުން މަނާ ކުރުން ހިމެނޭ ކަމަށް ވައިޓް ހައުސުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
