
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ އިރުމަތީ ލުހާންސްކު ސަރަޙައްދު ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފިއެވެ. ރަޝިޔާއިން މި ސަރަޙައްދު އެ ޤައުމުގެ ބާރުގެ ދަށަށް ގެންގޮސްފައި މި ވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންގެ އެންގެވުމަށް ރަޝިޔާގެ ބިޔަ ފައުޖެއް ޔޫކްރެއިންގައި ހަނގުރާމަކުރަން ފެށިތާ ތިން އަހަރު ފަހުންނެވެ. ލުހާންސަކީ އެއް ޒަމާނެއްގައި ރަޝިޔާގެ ބައެކެވެ. ނަމަވެސް ރަޝިޔާ އިންޤިލާބުގެ ފަހުން، 1922ވަނަ އަހަރު އެ ސަރަޙައްދު ހިމެނުނީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައެވެ. އެއީ އޭރުގެ ޔޫކްރެއިނިއަން ސޯވިއެެޓް ސްޕެޝަލިސްޓް ރިޕަބްލިކްގެ ދަށުންނެވެ. 2014ވަނަ އަހަރު ޔޫކްރެއިންގެ ވެރިކަމުގައި ހުންނެވި ރަޝިޔާއަށް ތާއީދުކުރާ ރައީސްގެ ވެރިކަން ނިމުމަކަށް އައުމުން ދޮނެސްކްއާއި ލުހާންސްކު ވެގެން ދިޔައީ އެ ސަރަޙައްދުތަކާ މެދު ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު އަރާރުންވާ ސަރަޙައްދުތަކަކަށެވެ. ހަމަ އެ ދުވަސްވަރު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ކަރައިމީޔާ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
26،700 އަކަ ކިލޯމީޓަރުގެ ލުހާނަސްކް ވެގެން ގޮސްފައި މި ވަނީ 2014ވަނަ އަހަރު ރަޝިޔާއިން ކަރައިމީއާ އިސްތިއުމާރު ކުރި ފަހުން އެ ޤަައުމުގެ ފުރިހަމަ ބާރުގެ ދަށަށް ގެންނަ ފުރަތަމަ ސަރަޙައްދަށެވެ. 2022ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕުޓިން ވަނީ ލުހާންސްކްއާއި ދޮނެސްކާއި ކެއާސަން އަދި ޒަޕޮރިއްޒިޒާ ސަރަޙައްދަކީ ރަޝިޔާގެ ބައެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ސަރަޙައްދުތައް އޭރު އޮތީ ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށުގައެއް ނޫނެވެ. ރަޝިޔާއިން އެ ގޮތަށް އިޢުލާނުކުރުމުން ހުޅަނދުގެ ޤައުމުތަކުން ވަނީ އެއީ ޤާނޫނާ ޚިލާފު ކަމެއްް ކަމަށާއި ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
ރަޝިޔާގެ އިސް އޮފިޝަލެއް ކަމަށްވާ ލިއޮނިޑް ޕަސެޝްނިކް އެ ޤަައުމުގެ ދައުލަތުގެ ޓީވީގައި ޖުލައި މަހުގެ 1ވަނަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ލުހާންސްކު މިހާރު އޮތީ ރަޝިޔާގެ 100 އިންސައްތަ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ. އޭނާއަކީ ލުހާންސްކު ސަރަޙައްދުގައި ޙަރަކާތްތެރިވާ ރަޝިޔާގެ އެންމެ އިސް ފަރާތެވެ. ޕަސެޝްނިކް މިހެން އިޢުލާނު ކުރައްވާފައިވާ ނަމަވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ޔޫކްރެއިންގެ ސަރުކާރުން ވެސް މިހާތަނަށް މި ކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔޫކްރެއިން ބުނަނީ ރަޝިޔާއިން ލުހާންސްކްއާއި އާއި ޔޫކްރެއިންގެ ސަރަޙައްދު ކަމަށް ބައިނަލްއަޤްވާމީ ދުނިޔެެއިން ޤަބޫލުކުރާ އެހެން ސަރަޙައްދުތަކަށް ރަޝިިޔާއިން ކުރާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް އަދި ޤާނޫނާ ޚިލާފު ދައުވާތަކެއް ކަމަށެވެ. ޔޫކްރެއިނުން ވަނީ އެ ސަރަޙައްދުތަކުގެ މައްޗަށް ރަޝިޔާއިން ކުރާ ދައުވާ ދުވަހަކު ވެސް ބަލައިނުގަންނާނެ ކަމަށް ވައުދުވެފައެވެ. ބައިނަލްއަޤްވާމީ ގޮތުން ޔޫކްރެއިންގެ ސަރަޙައްދުތައް ކަމަށް ޤަބޫލުކުރާ އެ ޤައުމުގެ 19 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮނެސްކްއާއި ޒަޕޮރިއްޒިޒާގެ އިތުރުން ކެއާސަންގެ 70 އިންސައްތައާއި އާއި ޚާކިވްއާއި ސޫމީ އާއި ނިޕްރޮޕެޓްރޮވްސްގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
