
ރެއާލް މެޑްރިޑުގެ ރިޒާވް ގޯލްކީޕަރު އަންދްރޭ ލުނިން އެ ކުލަބުގައި މަޑުކުރަން ނިންމައިފިއެވެ. އުމުރުން 26 އަހަރުގެ ލުނިން ވަނީ މިދިޔަ އަހަރު ރެއާލް މެޑްރިޑާއެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެންވެ 2030 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނާނީ ރެއާލް މެޑްރިޑުގައެވެ. އެކަމަކު ފުރަތަމަ 11 އިން ފުރުސަރު ނުލިބޭތީވެ ލުނިން މި ފަހަރުން ރެއާލް ދޫކޮށް ދިއުމާމެދު ވަރަށް ބޮޑަށް ވިސްނި އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މިހާރުގެ އެއްވަނަ ކީޕަރު ބްލެޖިއަމްގެ ތިބައޯ ކޯޓުއާ އަނިޔާއިން އެނބުރި އައުމާއެކު އޭނާ ފުރަތަމަ 11ށް ލީ މައްސަލަ އެވެ.
އެއީ 2024 ވަނަ އަހަރުގެ ސީޒަނުގައި ލުނިން މޮޅު ކުޅުމެއް ދައްކާފައިވަނިކޮށް ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ކުޅުމުގެ ފުރުސަތު އޭނާ އަށް ނުދިނުމުންނެވެ. އެ ސީޒަން ފެށުމުގެ ކުރިން ކޯޓުއާ އަށް އަނިޔާވުމުން މުޅި ސީޒަނުގައި ރެއާލްގެ ގޯލު ބަލަހައްޓައި ލުނިން މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ކޯޓުއާ އެނބުރި އައުމުން ފައިނަލް މެޗަށް އޭނާ އެރުވި މައްސަލަ އަކީ އަދިވެސް ލުނިން ހިތްހަމަ ނުޖެހިފައި ހުރި ކަމަކެވެ. ނަމަވެސް އޭނާ އާއި ރެއާލް ވާހަކަ ދެއްކުމަށްފަހު މިހާރު ނިންމާފައިވަނީ އޭނާ ގަތުމަށް ލިބޭ ހުށަހެޅުންތައް ދޫކޮށްލުމަށެވެ. އެއީ މި ފަހުން އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އޭސީ މިލާން ފަދަ ކުލަބުތަކުން ލުނިން ގަތުމަށް ޝައުގުވެރިވުމުންނެވެ.
ކުލަބު ބަދަލު ނުކުރާ މަތިން އޭނާ އަށް އަންނަ ސީޒަނުގެ ކޮޕާ ޑެލްރޭ ފަދަ ކުރު މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދިނުމަށް ވެސް ރެއާލް ވަނީ ނިންމާފަ އެވެ. މި ގޮތަށް ނިންމީ ކޮންމެ ވަގުތެއްގައި ވެސް ކޯޓުއާ އަށް އަނިޔާއެއް ވެއްޖެނަމަ އިތުބާރު ކުރެވޭނެ ކީޕަރަކު ބެހެއްޓުމުގެ މުހިންމު ކަމުން ކަމަށް ވެސް ރެއާލް މެޑްރިޑުން ބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
