
ކުލަބު ދޫކޮށްދާން ބޭނުންނުވެފައި ހުރި ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަތުން ބާސެލޯނާގެ ކެޕްޓަން އަތުލަން އެ ކުލަބުން މަޝްވަރާ ކޮށްފި އެވެ. މިއީ 33 އަހަރުގެ ކީޕަރު ބާސެލޯނާ ދޫކޮށްދާން ބާރު އެޅުމުގެ ހަރަކާތެއް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ބާސެލޯނާއިން މިހާރު ބޭނުންވަނީ ފާއިތުވެދިޔަ 10 އަހަރު އެ ކުލަބަށް ކުޅުނު ކީޕަރު އަންނަ ސީޒަން ފެށުމުގެ ކުރިން އެހެން ކުލަބަކަށް ބަދަލުވުމަށެވެ. ސަބަބަކީ އަންނަ ސީޒަނުގައި ބާސެލޯނާގެ އެއްވަނަ ކީޕަރުކަން އެ ކުލަބަށް އަލަށް ގެނައި ސްޕޭނުގެ ކީޕަރު ޖޯން ގާސިއާ އަށް ދޭން ނިންމާފައިވުމެވެ.
ނަމަވެސް ޓާސްޓެގަން ހުރީ ކުލަބު ދޫކޮށްދާ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވަނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގައި ކުޅޭ ޖަރުމަނުގެ ގައުމީ ކީޕަރުކަން ކުރުމަށްޓަކައި ބާސެލޯނާގެ ކީޕަރުކަން ކުރުމަށެވެ. ނަމަވެސް ބާސެލޯނާއިން އޭނާ ފޮނުވާލަން ބޭނުންވަނީ ތިން ސަބަބަކާ ހުރެ އެވެ. އެއީ އޭނާ ވިއްކާލައިފިނަމަ މުސާރަ ޝީޓުން ބޮޑު ޖާގަ އެއް ސަލާމަތްވާނެތީ އެވެ. ދެ ވަނަ ކަމަކީ ގާތްގާތުގައި ބޮޑެތި އަނިޔާތައްވެ ޓާސްޓެގަން އަށް ކުރީގެ މޮޅު ކުޅުން ދެއްކި ދާނެ ކަމަށް ބާސެލޯނާއިން ގަބޫލު ނުކުރާތީ އެވެ. ތިން ވަނަ ކަމަކީ ގާސިއާ އަށް ކޮށްފައިވާ އިތުބާރެވެ.
ޓާސްޓެގަން އަށް ބާސެލޯނާގެ ކެޕްޓަންކަން ދިނީ މިދިޔަ ސީޒަނުގަ އެވެ. އޭނާ އަތުން ބޭންޑް އަތުލަން ނިންމަން މަޝްވަރާ ކުރި ނަމަވެސް މި ކަމަށް ފަހު ބަސް ބުނާނީ ކޯޗު ޖަރުމަނުގެ ހަންސީ ފްލިކެވެ. އޭނާ އަތުން ބޭންޑް އަތުލައިފިނަމަ ބާސެލޯނާގެ ކެޕްޓަނަކަށް ވުން އެންމެ ގާތީ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގެވެ. ވައިސް ކެޕްޓަނުންގެ ގޮތުގައި އެއިރުން ތިބޭނީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އާއި ފޯވަޑް ރަފީނިއާ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ތިން ވަނަ ވައިސް ކެޕްޓަނަކަށް ހަމަޖައްސާނީ ސްޕޭނުގެ ޑިފެންޑަރު އިނިގޯ މާޓިނޭޒް ކަމަށް ވެ އެވެ.
ޓާސްޓެގަން ބާސެލޯނާއިން ދާނަމަ މުސާރައިގެ ޑިމާންޑް ކުރާނެ އެވެ. އެއީ އޭނާގެ ކޮންޓްރެކްޓްގެ ބާކީ ތިން އަހަރުގެ މުސާރަ އެއް ފަހަރާ ދިނުމަށެވެ. ނަމަވެސް މިކަމަށް ބާސެލޯނާއިން ފަސޭހައިން އެއްބަސްނުވެ ޓާސްޓެގަން އަށް ކުލަބުން ދިއުމަށް ދަނީ ޕްރެޝަރު ކުރަމުން ކަމަށް ވެސް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ. ޓާސްޓެގަން އަށް އިނގިރޭސި ދެ ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ޝައުގުވެރިވެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
