
ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ސްޕޭނުގެ ޑިފެންޑަރު އެމެރިކް ލަޕޯޓަށް އަލުން ޔޫރަޕުގައި ކުޅެން ދިއުމުގެ ފުރުސަތު ބޮޑީ މުސާރަ ކުޑަކޮށްގެން ކަމަށް މީޑިޔާތަކުން ބުނަން ފަށައިފި އެވެ. މެންޗެސްޓާ ސިޓީ ދޫކޮށް މީގެ ދެ ސީޒަން ކުރިން އައް ނަސްރަށް ބަދަލުވި 31 އަހަރުގެ ޑިފެންޑަރަށް މިހާރު މުސާރައިގެ ގޮތުގައި އަހަރަކު 25 މިލިއަން ޔޫރޯ ލިބެ އެވެ. ނަމަވެސް އޭނާ ގަތުމަށް ޝައުގުވެރިވާ ޔޫރަޕުގެ ކުލަބުތަކަށް މި އަގު މާބޮޑެވެ. ގިނަ ކުލަބުތަކުން ބޭނުންވަނީ މުސާރަ 50 ޕަސެންޓަށް ކުޑަ ކުރާށެވެ.
އައް ނަސްރުގައި ގަވާއިދުން ކުޅެން ފުރުސަތު ލިބުނު ނަމަވެސް ލަޕޯޓް ޔޫރަޕަށް ދާން ބޭނުންވަނީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި ކުޅޭ ސްޕޭން ޓީމުގެ ފުރަތަމަ 11އިން ޖާގަ ހޯދަން ފަސޭހަވާނީ ޔޫރަޕުގައި ކުޅެގެން ކަމަށް ވާތީ އެވެ. ސަބަބަކީ ސްޕޭނުގައި މޮޅު ޑިފެންޑަރުން ގިނަ ވާދަވެރިކަން ބޮޑުވަމުންދާތީ އެވެ. މި ސަބަބާހުރެ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ބައެއް މެޗުތަކުގައި އޭނާ އަށް ވަނީ ފުރުސަތު ނިލިބިފަ އެވެ. ހުސްވި އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ސްޕޭން ޓީމުގައި އޭނާ ފުލްކޮށް ކުޅުނު ނަމަވެސް ދެ އަހަރު ތެރޭގައި ޒުވާން އަދި ތަޖުރިބާކާރު ޑިފެންޑަރުން ތަކެއް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ބާސެލޯނާގެ ފަހަތަށް ކުޅޭ ޒުވާން ޑިފެންޑަރު ކުބަރްސީ އާއި ތަޖުރިބާކާރު ޑިފެންޑަރު އިނިގޯ މާޓިނޭޒެވެ.
ލަޕޯޓް ގަތުމަށް ސްޕޭނުގެ އެތްލެޓިކް ބިލްބާއޯއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ކުލަބަށް ވެސް މައްސަލައަކަށް ވެގެން އުޅެނީ އޭނާގެ މުސާރައިގެ މައްސަލަ އެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ އާސެނަލް އާއި އެސްޓަން ވިލާ އަދި އިޓަލީގެ ޔުވެންޓަސް ވެސް އޮތީ އޭނާ އަށް ބިޑް ކުރަން ތައްޔާރަށެވެ. އައް ނަސްރު ވެސް އޮތީ އެކަށީގެންވާ އަގެއް ލިބޭނަމަ ލަޕޯޓް ވިއްކާލާ ގޮތަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
