
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނަށް ނުކުތްއިރުވެސް ދެކެނީ ހުރިހާ ޓީމަކީވެސް މޮޅު ޓީމެއްގެ ގޮތުގައި ކަމަށާއި، ކޮންމެ ޓީމަކާއި ޖެހުނަސް ފައިނަލަށް ކުލަބު އެޗްޑީސީ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ. ސެމީ ފައިނަލްގައި ދަނޑިމަގު ބަލިކުރުމަަށްފަހު ސާޖިދު ބުނީ މި މުބާރާތަށް ފުރަތަމައިނުންވެސް ނިކުތީ މިދިޔަ އަހަރު ހޯދި ދެ ތަށި ދިފާއުކުރުމަށްފަހު ނުލިބި އޮތް ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ. މިއަދު ކުޅުންތެރިންވެސް މޮޅުވީ އެރޫހުގައި ކުޅެގެން ހިތްވަރުން ކަމަށް ކޯޗު ބުންޏެވެ. އެހެންވީމާ ފައިނަލް މެޗުގައިވެސް މަސައްކަތް ކުރާނީ ތަށި ދިފާއުކުރުމުގެ އަޒުމުގައި ކަމަށް ކޯޗު ބުންޏެވެ.
ސާޖިދު ބުނީ ޖެހިޖެހިގެން ހަތަރު މުބާރާތަށް ޓީމު ނިކުމެ އޮތް އިރު ރިކަވަރީއަށް ބަލާއިރު މި ލިބެނީ ކޮންމެ މުބާރާތެއް ނިންމުމަށްފަހު އެއް ދުވަސް ކަމުން މުބާރާތްތައް ރޭވިފައި މިއޮތީ އެންމެ ރަނގަޅަށް ނޫން ކަމަަށެވެ. އެހެންނަމަވެސް ކޮންމެ ހާލަތެއްގައި ވިޔަސް މި ބަލަނީ އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭތޯ ކަމަށް ސާޖިދު ބުންޏެވެ. ”އަޅުގަނޑުމެންދެން އިތުރަކަށް ޝަކުވާއެއް މި މުބާރާތުގައި ކުރާކަށްނެތިން. ހަމަ އެއިންގޮތަކަށް ކުރިޔަށްދާނީ“ ކޯޗު ސާޖިދު ބުންޏެވެ. ވީއޭއެމް ކަޕްގައި ވާދަކުރާ ބިދޭސީ ކުޅުންތެރިންނާއި ގުޅޭ ގޮތުން ސާޖިދު ބުނީ މި ސަރަހައްދުގައި ވޮލީގައި އިންޑިއާގެ ލީގު ނަގާފަ އެންމެ ވަރުގަދަ ލީގު އޮތީ ރާއްޖޭގައި ކަމަށާއި މި ސަރަހައްދުގެ ގައުމުތަކުގެ ރާއްޖޭގައި މި ކުޅޭ ފެންވަރުގެ ބިދޭސީ ކުޅުންތެރިން ނުކުޅޭނެ ކަމަށެވެ. އޭނާ ބުނީ ވީއޭއެމް ކަޕްގެ ގަދަ ފަސް ޓީމުގައިވެސް މިތިބީ ހަމަ ސްޓާރުން ކަމަށެވެ.
އެހެންކަމުން މިއީ މިސަރަހައްދުގެ އެންމެ ވަރުގަދަ ދެވަނަ ލީގު ކަމަަށް ސާޖިދު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
