
ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމަކީ ރާއްޖޭގައި އިންސްޓުކޮށްގެން ތިބި ފަރާތްތަކަށާއި ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދިޔަ ފޯރަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެޖޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިފަހަރުގެ ބިޒްނަސް ފޯރަމަކީ ކާމިޔާބު ފޯރަމެއްކަމަށެވެ. އެގޮތުން މިފަހަރުގެ ފޯރަމްގައި ދިވެހި އަދި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއެކު 200 އަށްވުރެ ގިނަ ބައިވެރިން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިފޯރަމްގެ ތެރެއިން ރާއްޖޭގައި އިންވެސްޓްކޮށްގެންތިބި އެކި ވިޔަފާރިވެރިންނަށްވެސް ގިނަ ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާކަމަށެވެ.
“ވަރަށް ރަނގަޅު ޑައިލޮގެއް ކުރިއަށްމިއީ، ގިނަ ފުރުސަތުތަކެއް ހުޅުވިގެން މިދިޔައީ. ވަކިން ޚާއްސަކޮށް ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް މިއީ ރަނގަޅު ފޯރަމެއް.” ވަޒީރު ވިދާޅުވިއެވެ.
ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމަކީ، މިފަދަ 7 ވަނަ ބިޒްނަސް ފޯރަމެވެ. ބިޒްނަސް ފޯރަމްތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާއި އަދި ދިވެހި ސަރުކާރުން ދެއްވާ އެކި ލުއިތަކާއި ގުޅޭ މަޢުލޫމާތު މިފޯރަމްތަކުގައިދަނީ ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެމުންނެވެ. މިގޮތުން ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު 3 ދާއިރާތަކުން އިންވެސްޓްކުރުމާއިގުޅޭ އެއްބަސްވުންތައްވަނީ ޤާއިމުކޮށްފައެވެ.
މިގޮތުން ރެޒިޑެންސީގެ ފުރުސަތާއެކު ރާއްޖެއަށް އިންވެސްޓްކުރުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ކުރިއަށްގެންދިޔުމުގެ ހުއްދަ މިވަގުތު ލިބިފައިވާ ފުރަތަމަ މަޝްރޫޢުކަމުގައިވާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢާއި، ހިންގުމުގެ ދާއިރާއިން އެހީތެރިވުމާއި ގުޅޭގޮތުންވެސްވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
މިފޯރަމްގެތެރެއިންވަނީ ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ ބޮޑެތި ވިޔަފާރިތަކާއި އަދި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރާއެކު މަތީ ފަންތީގެ ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ. މިޕެނަލް ޑިސްކަޝަންގެ ތެރެއިންވެސްވަނީ ރާއްޖޭގައި ހުރި ފުރުސަތުތަކާއި އަދި ވިޔަފާރިވެރިންގެ ނަޒަރުގައި ރާއްޖެއަށް އިންވެސްޓުކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
