
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އެހީބަހާ މަރުކަޒުތަކުގައި ގިނަ ޢަދަދެއްގެ އާންމުން ޝަހީދުކުރަމުންދާ ކަމަށް ޔަހޫޫދީން އެއްބަސްވެއްޖެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު، ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީ ފަށާފައިވާ ޢުދުވާން ކުރިއަށްދާތާ ދެ އަހަރާ ގާތްވެފައިވާއިރު މި އަހަރުގެ ކުރީކޮޅު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމުކުރި ޢުދުވާން ހުއްޓަލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލުކުރުން ވަނީ ދުވަސްކޮޅަލަށް މެދުކަނޑާލައިފައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، ޔަހޫދީން ވަަނީ އެއްބަސްވުމާ ޚިލާފުވެ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އަދި ޣައްޒާއަށް އެއްެވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދޭހެން ތިން މަހެއްހާ ދުވަސް ވަންދެން ދަތިކުރިއެވެ. އެއަށްފަހު މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މަދު މިންވަރެއްގެ އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުއްދަ ދީފައިވާ ނަމަވެސް އެހީގެ ސާމާނު ބެހުމަށް ބާރުފޯރުވުމުގެ ގޮތުން ޔަހޫދީން އެ މަސައްކަތް ޙަވާލުކޮށްފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރުކަމުގައިވާ އެމެރިކާއާ ގުޅުންހުރި ކުންފުންޏަކަށެވެ.
ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެހީގެ ސާމާނު ބަހާ މަރުކަޒުތައް ޤާއިމުކޮށް ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފްގެ ނަމުގައި ހިންގާ ކުންފުނިން ދަނީ އެހީގެ ސާމާނު ބަހަމުންނެވެ. ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ 56،000އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު، މިދިޔަ މެއި މަހުގެ 26ވަނަ ދުވަހު ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފެށިފަހުން 400އަށްވުރެ ގިނަ މީހުން ވަނީ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދުކޮށްލައިފައެވެ. އެހީބަހާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުން ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކުަމުންދާތީ އެ ކަން ބެލުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ ޖީއެޗްއެފަށާއި ޔަހޫދީންނަށް ގޮަވައިލަމުންނެވެ. އެ ފިއްތުންތަކާ ގުޅިގެން ތަހުޤީޤެއް ކުރުމަށްފަހު ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެހީ ބަހާ މަރުކަޒުތަކަށްދާ ޣައްޒާގެ ރައްޔިތުންނަށް ގެއްލުން ދީފައިވާ ކަމަށާއި އެ ކަމުން މިހާރު ފިލާވަޅު ލިބިގަނެފައިވާ ކަމަށެވެ. އެއާއެކު އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ޔަހޫދީ ސިފައިންނަށް އައު އިރުޝާދުތައް ދީފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޔަހޫދީންނާއި އެމެރިކާއިން ބޭނުން ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތުގައި އދން ޖީއެޗްއެފާއެކު ބައިވެރިވުމަށެވެ. ނަމަވެސް އދން ވަނީ އެ ކަމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ހަފްތާގެ ތެރޭގައި އދގެ ސެކެޓްރީ ޖެެނެރަލް އެންތޯނިޔޯ ގުތޭޚޭޝް ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ގެންގުޅޭ ނިޒާމަކީ ރައްކާތެރި ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމުގެ ދަށުން އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގޮތްހުސްވެފައިވާ ބަޔަކު އަސްކަރީ ބާރުތަކުން ޙަަރަކާތްތެރިވާ ސަރަޙައްދުތަކަކަށް އެއްކޮށް ޖަމާކުރާ އެއްވެސް ޙަރަކާތަކީ އޭގެ ޒާތުގައި ރައްކާތެރި ޙަރަކާތެއް ނޫން ކަމަށާއި އެ ޙަރަކާތުގެ ސަބަބުން މީހުން މަރުވަމުންދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
