
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޮމާންކަމާއެކު ނިމިގެން ދިޔަ އެފްއޭއެމް ކޮންގްރެސްއަކީ ހުއްޓިފައިވާ ފުޓުބޯޅަ ކުރިއަށް އަލުން ހިނގައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށާ، ފުރިހަމަ އެކްސްކޯއެއް އޮވެގެން އެފްއޭއެމް ހިންގުމުން ފީފާ އަދި އޭއެފްސީ ފަދަ ތަންތަނުން މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ މުހަންމަދު ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު ވިދާޅުވީ ފުޓުބޯޅަ ކުރިއެރުވުމަށް ހުރި ދަތިތައް ނިމުމަކަށް އައިސް ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް އެކްސްކޯ މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ.
“ފުރިހަމަ އެކްސްކޯއެއް އޮވެގެން ހިންގުނީމަ ވާގޮތަކީ ފީފާ، އޭއެފްސީ ތަންތަނުން އަޅުގަނޑުމެންނަށް މިޙާރު ހުރި ރެސްޓްރިކްޝަންސްތައް އުވިގެން ގޮސްފަ، އަޅުގަނޑުމެންނަށް މީތި ކުރިއަށްދާން އެޅުނު ހަމަ އެންމެ ރަނގަޅު ފިޔަވަޅަކީ ރަނގަޅު ފުރިހަމަ އެކްސްކޯއެއް އޮތުން” ޝުޖާއު ވިދާޅުވިއެވެ. އަންނަ މަހުގެ 26 ވަނަ ދުވަހަށް އިންތިޚާބް ތާވަލުކޮށްފަވާއިރު، މިހާރު އެފްއޭއެމްއިން ކުރަމުންދާ މަސައްކަތަކީ އެކަމާ ގުޅުންހުރި އެކިއެކި މަރުހަލާތަކުގެ މަސައްކަތްކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިޚާބަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދާނެކަމަށް ޝުޖާއުވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިއޮތް ދުވަސްކޮޅުތެރޭ ފާހަގަކޮށްފަ ހުންނަ އެކި މަރުހަލާތަކުގެ މަސައްކަތްތައް ކުރިއަށްގެންދާނީ. އެގޮތުން އޮޕަރޭޝަނަލީ އެއްވެސް ކަހަލަ ޑިފިކަލްޓީއެއް ނާންނާނެ، ހަމަ މިހާރުވެސް ކުރިއަށް މިގެންދާގޮތަށް އެބައިކުރިއަށްދާނެ. ހުންނާނެ ދެއްތޯ އަޅުގަނޑުމެންގެ އިދާރީ ބައިވަރު ޕްރޮސެސްތަކެއް އިންތިޚާބަކަށްދާއިރު ގެންދަންޖެހޭ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން ތައްޔާރުވަމުންދާނީ މިދުވަސްކޮޅު” ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޝުޖާއު ހާމަކުރެއްވިއެވެ.
އެގްއޭއެމްގެ އާންމު ކޮންގްރެސްގެ ތެރެއިންވަނީ އެފްއޭއެމްގެ އައު އިލެކްޓޯރަލް ކޯޑުވެސް ފާސްކޮށްފައެވެ. އަދި މި ކޮންގްރެސްގެ ތެރެއިން އައު ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވާނެ ތާރީޚުވެސްވަނީ ކަނޑައަޅާފައެވެ. މިގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ އެއް އަހަރުދުވަހުގެ މެންޑޭޓް ހަމަވުމުގެ ކުރިން އިންތިޚާބު ބޭއްވުމަށާއި، އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް 26 ޖުލައި 2025ގައި އިންތިޚާބީ ޖަލްސާ ބޭއްވުމަށްވެސް ވަނީ ފާސްކުރެވިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
