
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ޖޫން 1-11 އަށް އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވަން އުޅުނު 17 އަހަރުން ދަށުގެ މެންސް އޭޝިއަން ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ. އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުން މި މުބާރާތް ފަސްކުރީ މެދުއިރުމަތީ ސަރަހައްދުގެ ހާލަތު ހުރި ގޮތުން ކުޅުންތެރިންނާއި ޑެލިގޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހުއެވެ. އުރުދުންގައި މުބާރާތްބޭއްވޭގޮތް ނުވީ އިސްރާއީލާއި އިރާނާދެމެދު ފެށުނު ހަނގުރާމައާއި ގުޅިގެން އުރުދުން ސަރަހައްދުގެ އަމާންކަން ގެއްލިފައިވާތީއެވެ.
އެހެންނަަމަވެސް މި މުބާރާތް ފަސްކުރީ ކޮންތާރީހަކަށްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ކުޅުންތެރިންގެ ސަލާމަތަށްޓަކައި މި މުބާރާތް ފަސްކުރިއިރު ދެން މުބާރާތް ބާއްވާނެ ތާރީހަކާއި މެދު ޖޯޑަން ހޭންޑްބޯލް ފެޑެރޭޝަނާއި ކަމާއިގުޅޭ އިދާރާތަކުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަށްވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕްޑީގައެވެ. މި ގުރޫފްގައި ދެން ހިމެނެނީ ކޮރެއާ، އީރާން އަދި އުޒްބަކިސްތާނެވެ. އޭޝިއާގެ ޤައުމުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ މެދުގައި ބާއްވަން ނިންމި ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމުން ވަނީ ހުޅުމާލޭގައި ފަރިތަކުރުންތައް ބާއްވާފައެވެ.
ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމި މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ކުވެއިތު، ބަހްރެއިން އަދި ހޮންގކޮންގއެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޤަތަރު އަދި ޗައިނާއެވެ. ގްރޫޕް ސީގައި ހިމެނެނީ އުރުދުން، ޗައިނީސް ތައިޕޭ އަދި އިންޑިއާއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
