
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ސައުދީ އަރަބިއްޔާގެ އަލް ހިލާލްއިން ހޯދައިފިއެވެ. އަލް ހިލާލްއިން މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދާފައިވަނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ، އިތުރު ވަގުތުގެ ކުޅުމުގައި ޖެހި ލަނޑުތަކާއެކު 4-3 ގެ ނަތީޖާއަކުންނެވެ. އޯލަންޑޯގެ ކޭމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި ސާޅީސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ ބާނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ސިޓީގެ މި ލަނޑާއެކު އެ ޓީމުގެ ކުޅުން ރަގަޅު ކުރި ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު އަލް ހިލާލް އިން ވަނީ ގޭމުގެތެރެއަށް ވަދެ ސިޓީގެ ގޯލަށްވެސް ނުރައްކާ ކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގެ ތެރޭގައި އަލް ހިލާލްގެ މާކޮސް ލިއޮނާޑޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި އަލް ހިލާލް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 52 ވަނަ މިނިޓުގައި މަލްކޮމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އަލް ހިލާލް އަށް ލީޑު ހިފަހައްޓާލެވިފައިވަނީ އެންމެ ތިން މިނިޓަށެވެ. އޭގެ ތިން މިނިޓު ފަހުން މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި އަލް ހިލާލްގެ ހާލިދު ކުލިބާލީ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އަލް ހިލާލް އަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ. އަލް ހިލާލް އިން ޕެޕް ގަޑިއޯލާގެ ވަރުގަދަ ޓީމު ސިއްސުވާލާފައިވަނީ މެޗުގެ 112 ވަނަ މިނިޓުގައި މާކޮސް ލިއޮނާޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުން މޮޅުވުމާއިއެކު މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އަލް ހިލާލް ނިކުންނާނީ ބްރެޒިލްގެ ފުލުމިނެންސޭ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
