
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ސެޕްޓެމްބަރުމަހަށް ނިންމާނެކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަރނެޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ފައިނޭންސްކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ މި މަޝްރޫޢު މަސައްކަތް ކުރިއަށްގޮސްފަވާ ހިސާބަށް ބަލާއިރު، މުޅި މަޝްރޫޢުގެ %88.7 މަސައްކަތް ނިމިފަވާކަމަށެވެ. އާ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް މުޅިން ވަނީ ނިންމާފައެވެ. އަދި މިހާރު ފްލައިޓް ޖެއްސުމަށްވެސް ބޭނުންކުރަނީ އާ ރަންވޭއިން ބައެކެވެ. މިއީ 2،460 މީޓަރުގެ ރަންވޭއެކެވެ. މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ވަޒީރު ވިދާޅުވި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލްގެ %83 މަސައްކަތް ނިމިފަވާކަމަށެވެ. އަދި އެއަރޕޯޓްގެ އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރު، ހެނގަރު، އަދި ކާގޯ ބިލްޑިން މަސައްކަތުގެ %96 މަސައްކަތް ވަނީ ނިންމާފައެވެ. މީގެއިތުރުން ފިއުލް ޖެޓީއާއި، ފިއުލް ފަރމް، އިންޖީނުގެ، ޓަމިނަލް ޖެޓީ އަދި އެއަރޕޯޓަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ޓަރމިނަލް ފްރަންޓް އިމާރާތެއްވެސް ދަނީ ހަދަމުންނެވެ.
The development of Hanimaadhoo International Airport, financed through the India Exim Bank Line of Credit, remains on track for completion by September 2025. The overall progress stands at 88.7%, with runway construction fully completed. The passenger terminal has reached 83%… pic.twitter.com/vLbXd5NnDs
— Abdulla Muththalib (@muththo) July 1, 2025
ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ. ހަނިމާދޫ އާ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފަ ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.
އެއަރޕޯޓް ނިންމުމުގެ މަސައްކަތް ހަލުވިކޮށް 24 ގަޑިއިރު މަސައްކަތްތައް ކުރިއަށްގެންދަމުންދާއިރު، އެއަރޕޯޓް މަސައްކަތުގައި 800އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ. ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
މި މަޝްރޫޢު ވެގެންދާނީ މުޅި އުތުރުގެ އިގްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫޢުއަކަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
