
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުއާއެކު 3 އެއްބަސްވުމެއް، ސިންގަޕޫރުގައި ކުރިއަށްގެންދާ ބިޒްނަސް ފޯރަމްގެތެރެއިން ޤާއިމުކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖެއިން ބާއްވާފައިވާ 7 ވަނަ ބިޒްނަސް ފޯރަމެވެ. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދިނުމަށް ސިލްސިލާކޮށް ބޭރުގެ ބޮޑެތި ސިޓީތަކުގައި ބާއްވަމުން އަންނަ ބިޒްނަސް ފޯރަމްތަކުގައި ރާއްޖެއަށް މުހިއްމު އެކި ދާއިރާތަކުން އެއްބަސްވުންތައްދަނީ ޤާއިމުކުރަމުންނެވެ. އެގޮތުން މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 7 ވަނަ ބިޒްނަސް ފޯރަމްގައިވަނީ 3 ދާއިރާއަކުން މުހިއްމު އެއްބަސްވުންތަކެއް ޤާއިމުކޮށްފައެވެ.
މިގޮތުން ސަރވިސް އެގްރިމަންޓް ފޯރ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ހެންލޭ އެންޑް ޕާރޓްނަރސްއާއެކު ދިވެހި ސަރުކާރުންވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ހެންލޭ އެންޑް ޕާރޓްނަރސްގެ ފަރާތުން ސޮއިކުރެއްވީ، ފިލިޕް އާމަރަންޓީ، މެނޭޖިންގ ޕާރޓްނާ ހެންލޭ އެންޑް ޕާރޓްނަރސް މިޑްލް އީސްޓް އެވެ.
ބިޒްނަސް ފޯރަމްގެ ތެރެއިންވަނީ ދިވެހި ސަރުކާރާއި ސިންގަރޕޯރިއަން ކޯޕަރޭޝަންއާއެކުވެސް އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މިގޮތުން މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. ސިންގަރޕޯރިއަން ކޯޕަރޭޝަން އެންޓަރޕްރައިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރ ޓެލިއަން ޗޫއެވެ. މީގެއިތުރުން ބިޒްނަސް ފޯރަމްގެ ތެރެއިންވަނީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ކުރިއަށްގެންދިޔުމުގެ ހުއްދަ މިވަގުތު ލިބިފައިވާ ފުރަތަމަ މަޝްރޫޢުކަމުގައިވާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގައިވެސް ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.
އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޖޭމްސް ކޯލޓަރ އީ.ޑީއެވެ. މިމަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިޔާދަކުރަނިވި ޙަކަތައިގެ ސިޔާސަތުގެ ދަށުން 2030 އާއި ހަމައަށް ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 33 އިންސައްތައަށް ހެދުމަށް ބޭނުންވާ މުހިއްމު މަޝްރޫޢެކެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢު، ފްލޯޓިން ސޯލާ މަޝްރޫޢުއަށް ހުއްދަދީފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
