
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފޮރިން އިންވެސްޓްމެންޓްގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގައި ކާމިޔާބުކަމާއެކު އިންވެސްޓްކުރުމުގެ ޔަޤީންކަން މިހާރު އިތުރުވެފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސިންގަޕޫރު-ރާއްޖެ ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތީ ތާރީޚީ ގުޅުމެއް ކަމަށެވެ. ރާއްޖެ މިނިވަންވިތާ 10 އަހަރު ފަހުން ސިންގަޕޫރާއެކު ގުޅުން ޤާއިމުކުރިއިރު، އދ.ގެ މެންބަރުކަން 2 ޤައުމަށްވެސް ލިބުނީ އެއް ދުވަހެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އޭވިއޭޝަނާއި ފަތުރުވެރިކަމާއި ލޮޖިސްޓިކްސްއާއި އިޢާދަކުރަނިވި ހަކަތަ ޤާއިމުކުރުމާއި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ފާހަގަކުރެއްވިއެވެ. މި ދާއިރާތަކުން ރާއްޖޭގައި ކާމިޔާބު އިންވެސްޓްމެންޓްތަކެއް ކުރެވިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށް މިހާރު ރާއްޖޭގައި ފަހިކޮށްދީފައިވާ ފުރުޞަތުތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ފޮރިން އިންވެސްޓްމެންޓް ޤާނޫނު އިސްލާހުކޮށް، ޚާއްސަ އިޤުތިޞާދީ ސަރަހައްދު ތަރައްޤީކުރަމުންދާއިރު، ރާއްޖޭގައި ކާމިޔާބު އިންވެސްޓްމެންޓްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން މިހާރު އިތުރުވެފައިވާ ކަމަށެވެ.
“އެކި އިންވެސްޓްމެންޓްތަކަށް ފުރުޞަތުތައް ފަހިކުރުމަށް ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އެ ތަނުގައި ބިނާރާއި ޑޭޓާ ލޯކަލައިޒޭޝަންއާއި ނޫ އިޤުތިޞާދާ ގުޅުންހުރި އެކި މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ. އަދި އިންވެސްޓަރުންނަށް ފަހިކުރުމަށް ޤާނޫނީ އޮނިގަނޑުތައްވެސް މިހާރު ވަނީ އެކުލަވާލާފައި.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސިންގަޕޫރާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތް 50 އަހަރު އިޤުތިޞާދީ ކުރިއެރުން ހޯދުމަށް 2 ޤައުމުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލުމަށްޓަކައި ސަރުކާރަށް މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކުރައްވާފައިވެއެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 45 އަހަރަށްފަހު ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލު ގެނައުމެވެ. އަލަށް ގެނައި އިސްލާޙުތަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅި، އިންވެސްޓަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
