
މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއެކު، އިންވެސްޓްމެންޓްގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުން ގުޅިގެން މަސައްކަތްކުރެވޭނެކަމަށް ސިންގަޕޫރު ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ – ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް ދި އެންވަރަޔަމެންޓް މިނިސްޓަރ ފޫ ހައި ޔެއިން ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރަށް އެއްގޮތް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެ ގޮތުން ދެ ޤައުމަކީވެސް މޫސުމީ ބަދަލުތަކަށް ނާޒުކު، ޤުދުރަތީ ވަޞީލަތްތައް މަދު، އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯއްސާވެފައިވާ ދެ ޤައުމުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދަތިތަކުން އަރައިގަތުމަށް ރާއްޖެއާއި ސިންގަޕޫރުން ގުޅިގެން ބަައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތްކޮށް، ވަކާލާތުކޮށްފައިވާކަން ސިންގަޕޫރުގެ ތިމާވެށްޓާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިންވެސްޓްމެންޓްގެ ދާއިރާއިންވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. “ރާއްޖޭގެ އެކި ވިޔަފާރިތައް ސިންގަޕޫރުގައި ޤާއިމުކޮށްފައިވާކަން ފާހަގަކޮށްލަންޖެހޭ. އެ ގޮތުން 50 ވިޔަފާރިއެއް ޤާއިމުކޮށްފައިވޭ. އަޅުގަނޑު ދަޢުވަތުދެން ސިންގަޕޫރުގެ އިންވެސްޓަރުންވެސް ރާއްޖޭގައި ވިޔަފާރިތަކަށް އިންވެސްޓްކުރަން.” ވަޒީރު ވިދާޅުވިއެވެ.
Delighted to welcome participants arriving for the Maldives-Singapore Business Forum. We look forward to engage in meaningful dialogue and foster lasting partnerships #MaldivesBusinessForum2025 #InvestInMaldives #Vision2040 pic.twitter.com/a50FAb5gNF
— Ministry of Economic Development and Trade (@MoEDmv) July 1, 2025
ސިންގަޕޫރުގެ ވަޒީރު ވިދާޅުވީ ސިންގަޕޫރަކީ އަންބަރ ޕްލޭނިންއާއި ބިނާރާއި ޑިޖިޓަލް ޚިދުމަތްތަކުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެއްކަމަށާއި އެ ދާއިރާތަކުން ރާއްޖެއަށްވެސް ފައިދާ ހޯދިދާނެ ކަމަށެވެ. އެކަމަށްޓަކައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއާއި އިންވެސްޓްމެންޓްގެ ދާއިރާއިންދެ ޤައުމުން ގުޅުން ބަދަހިކޮށް މަސައްކަތްތަކެއް ކުރެވޭނެކަމަށް ސިންގަޕޫރުގެ ދެމެހެއްޓެނިވިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ސިންގަޕޫރުގައި ދިވެހިރާއްޖޭގެ ބިޒްނަސް ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ދަނީ ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ. މިއީ އެކި ދާއިރާތަކުން ރާއްޖެއަށް އަވަސް ކުރިއެރުން ގެނެސްދޭނެ، އިޤުތިޞާދު ސިންދަފާތު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
