
ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށް ކުރިއަށްގެންދާ “ބިޒްނަސް ފޯރަމް” ސިންގަޕޫރުގައި ފަށައިފިއެވެ. މި ފޯރަމުގައި 200 އަށްވުރެގިނަ އިންވެސްޓަރުން ވަނީ ބައިވެރިވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް އެހެން ސިނާއަތްތަކުން ރާއްޖެ ކުރިއެރުވުމެވެ. އޭގެތެރޭގައި އެސްއީޒެޑު، މަސްވެރިކަމާއި، ބަންކަރިންފަދަ ދާއިރާތައް ހިމެނެއެވެ.
ސިންގަޕޫރުގައި ފަށާފައިވާ “މޯލްޑިވްސް – ސިންގަޕޫރު” ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ފޯރަމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް މިނިސްޓަރ ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.
މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. މިފަހަރުގެ ފޯރަމްގައިވެސް ވަނީ ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ކިޔާދޭނެއެވެ. ޚާއްސަގޮތެއްގައި ސަރުކާރުން ރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢޫތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.
އިންވެސްޓްމަންޓުގެ މުހިންމު ދާއިރާތަކުގެ ތެރޭގައި:
* ރަސްމާލެ ތަރައްގީ ކުރުން
* ގުޅީފަޅު މަޝްރޫޢު
* ލ، ޕޯޓް އަދި ބަންކަރިން މަޝްރޫޢޫ
* މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
* ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް
* ދުނިޔޭގެ ފެންވަރުގެ ތީމް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު
* އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާ މަޝްރޫޢޫ
* ސްޕޯޓްސް ފިޝިންއަށް ޚާޢްސަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
* ފާމިސޫޓިކަލް މެނުފެކްޗަރަލް ފެސިލިޓީ ތަރައްޤީކުރުން
* ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު
* ސިއްޙީ ނިޒާމް ޑިޖިޓަލް ކުރުމުގެ މަޝްރޫޢޫ
* އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
* މަތީ ތަޢުލީމަށް ޚާއްސަ އެކި މަޝްރޫޢޫތައް

(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވަނީ ރައްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެކިފަރާތްތަކަށް ވަނީ ހަނދާނީ ފިލާދީފައެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް އެކި ޤައުމުތަކުގައި އަންނަނީ ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ޗައިނާ، ޔޫއޭއީ، މެލޭޝިޔާ، އިންޑިއާގައިވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
