
ކަޒަކިސްތާނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ. ކަޒަކިސްތާނުގެ ރައީސް ކާސިމް ޖޮމާޓް ޓޯކާޔެވް ސޮއި ކުރައްވައި ތަސްދީޤު ކުރެއްވި ޤާނޫނުގައި ވަނީ އާންމު ތަންތަނުގައި މޫނު ނިވާވާފަދަ ފޭރަން ލުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައެވެ. ކަޒަކިސްތާނުގެ މި ފަދަ ނިންމުމެއް ނިންމާފައި ވަނީ އެ ޤައުމު ނިޞްބަތްބާ މެދުތެރޭ އޭޝިޔާގެ ބައެއް ޤައުމުތަކުން ވެސް މި ފަދަ ފިޔަވަޅުތައް އަޅާފައި ވަނިކޮށެވެ.
ކަޒަކިސްތާނުން ތަސްދީޤުކުރި ޤާނޫނުގައި ވާ ގޮތުން މޫނު ދެނެގަތުމަށް ހުރަސްއެޅޭ ފަދަ ފޭރާން އާންމު ތަންތަނުގައި ލުން މަނާ ވާނެ ކަމަށެވެ. ނަމަވެސް ޞިއްޙީ ސަބަބުތަކަށާއި މޫސުން ގޯސްވުމުގެ ސަބަބުންނާއި ކުޅިވަރު ކުޅުމުގައިއާއި ސަގާފީ ކުޅިވަރުތައް ހުށަހެޅުމުގައި މި ފަދަ ފޭރާން ބޭނުން ކުރުން މި ޤާނޫނުން އިސްތިސްނާ ވެއެވެ. އެ ޤާނޫނުގައި މި ފަދަ ހެދުމަކީ ކޮން ދީނަކަށް ނިޞްބަތްވާ ކޮން ކަހަލަ ހެދުމެއް ކަމެއް ތަފްޞީލްކޮށްދީފައެއް ނުވެއެވެ. ކަޒަކިސްތާނުގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރަނީ މުސްލިމުންނެވެ. އެ ޤައުމުގެ ރައީސް މީގެ ކުރިން ވަނީ އަލަށް ތަސްދީޤުކުރި ޤާނޫނަކީ ކަޒަކިސްތާނުގެ އަމިއްލަވަންތަކަން ދައްކައިދިނުމަށް ލިބިދޭ ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މޫނު ނިވާވާފަދަ ކަޅު ހެދުން އެޅުމުގެ ބަދަލުގައި ޤައުމީވަންތަ ހެދުން އެޅުން މާ ރަނގަޅު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ހެދުމުން ކަޒަކިސްތާނުގެ ނަސްލީ ވައްޓަފާޅި ދައްކުވައިދޭ ކަަމަށާއި އެ ހެދުންތައް މަޤުބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކިރިގިސްތާނުަގައި ވެސް މި ފަދަ ފިޔަވަޅެއް އަޅާފައިވެއެވެ. އެ ޤައުމުގެ ނޫސްތަކުން ބުނީ ޤާނޫނު ތަންފީޒު ކުރުމަށް އެ ޤައުމުގެ ފުލުހުން މަގުތަކުގައި ޙަރަކާތްތެރިވާ ކަމަށެވެ. ޤާނޫނާ ޚިލާފުވެއްޖެ ނަމަ 250 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދަކުން ޤަވާއިދާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރެއެވެ. އޭގެ އިތުރުން ތަޖިކިސްތާނުގެ ރައީސް އެމޮމަލީ ރަޅްމޮން ވެސް ވަނީ އާންމު ތަންތަނުގައި ޤައުމުގެ ސަގާފަތާ ބީރައްޓެެހި ހެދުން އެޅުން މަނާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
