
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ އިރުމަތީ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ނިޕްރޮޕެޓްރޮވްސްކްގެ ރަށެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. މިއީ އެ ސަރަޙައްދުގެ ރަށެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މަސްދަރުތަކުން ބުނީ ރަޝިޔާގެ ބާރުތަކުން ވެރިވެގަނެފައި ވަނީ ނިޕްރޮޕެޓްރޮވްސްކްގެ ރަށެއް ކަމަށްވާ ޑޯޝްނޯއިގެ މައްޗަށެވެ. 2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށަފައިވާ ހަނގުރާމަ ނިމުމަކަށް ގެނެސް ޞުލްޙަ ޤާއިމުކުރުމާ ގުޅޭ ގޮތުން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވާހަކަދެކެވެމުންދާއިރު ރަޝިޔާގެ އަސްކަރީ ފައުޖުން ވަނީ މިދިޔަ މަހުގެ ތެރޭގައި ޔޫކްރެއިންގެ ސޫމީ ސަރަޙައްދުގެ 200 އަކަކިލޯމީޓަރުގެ މައްޗަށް ވެރިވެގަނެ، ނިޕްރޮޕެޓްރޮވްސްކް ސަރަޙައްދަށް ވަދެފައެވެ.
ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ 950 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ މައްޗަށް ވެރިވެގަނެފައެވެ. ހަނގުރާމައިގެ ޙާލަތުގައި ޔޫކްރެއިންގެ ސަރަޙައްދަށް އަންނަ ބަދަލު ދައްކުވައިދިނުމަށް ޔޫކްރެއިންގެ އަމިއްލަ ފަރުދުން ތައްޔާރުކުރާ ޗާޓެއްގައި ދައްކާފައިވާގޮތުން ޖޫން މަހުގެ 28ވަނަ ދުވަހާ ހަމައަށް ޔޫކްރެއިންގެ ޖުމްލަ 11،588 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ރަޝިޔާއިން ވަނީ ޞުލްޙަ ޤާއިމުކުރުމަށް އެ ޤައުމުން ޝައުޤުވެރިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ ޝަރުތެއް ކަމަށް ރަޝިޔާއިން ހުށަހަޅަނީ ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ހަތަރު ސަރަޙައްދުން ޔޫކްރެއިންގެ ފައުޖު މުޅިން ފޭބުމެވެ. ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވަނީ އެ ސަރަޙައްދުތައް ޤާނޫނީ ގޮތުން މިހާރު ބެލެވޭނީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.
ޔޫކްރެއިންއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކުން ބުނަނީ ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްބަސްވުމަކީ ޔޫކްރެއިންގެ ބިންތައް ދެކޮޅުހެދުމެއް ނެތި ރަޝިޔާއަށް ދިނުންފަދަ ކަމެއް ކަމަށެވެ. ރަޝިޔާއިން ޞުލްޙަ ޤާއިމުކުރުމަށް ޝައުޤުވެރިނުވާ ކަމަށް ތުހުމަތުކޮށް ޔޫކްރެއިނުން ބުނީ އެ ޤައުމުގެ ފަސްބައިކުޅަ އެއްބައި ރަޝިޔާއަށް ދިނުމަށް އެއްަބަސްނުވާނެ ކަމަށެވެ. ރަޝިޔާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ތެރޭގައި ކްރައިމީއާއާއި ލޫހަންސްކްގެ 99 އިންސައްތައާއި ދޮންޏެސްކުގެ 70 އިންސައްތައާއި ޒަޕޮރީޒްޔާއާއި ކެއާސަން ސަރަޙައްދު ހިމެނެއެވެ. އެ ހުރިހާ ސަރަޙައްދަކީ ވެސް ޔޫކްރެއިންގެ އިރުމަތީ އަދި ދެކުނު އިރުމަތީ ސަރަޙައްދުތަކެވެ. އޭގެ އިތުރުން ޚަރްކީވްއާއި ސޫމީއާއި ޑްނިޕްރޮޕެޓްރޮވްސްކްގެ ބައެއް ހިސާބުތައް ވެސް ރަޝިޔާގެ ބާރުގެ ދަށުގައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
