
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމައި ގުޅޭ މަޝްވަރާތައް ޔަހޫދީންނާއި އެމެރިކާއާ ދެމެދު ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އެތައް ގުނައެއް އިތުރުކޮށްފިއެވެ. ޖޫން މަހުގެ 29ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ބަދަލުކުރަމުންދާ ޙަމަލާތައް ނިމުމަކަށް ގެނައުމަށް ގޮވައިލައްވައިފައެވެ. ޖޫން މަހުގެ 30ވަނަ ދުވަހު ޔަހޫދީ ބޮޑުވަޒީރުގެ ގާތް މަންދޫބަކު ޣައްޒާ ޢުދުވާނާއި އީރާނާއި މެދުއިރުމަތީގެ މަޝްރަހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވޮޝިންގޓަނަށް ދިޔުމަށް އޮތީ ހަމަޖެހިފައެވެ.
ޢުދުވާން ހުއްޓާލުމާގުޅޭ މަޝްވަރާތަކަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ޔަހޫދީން ޣައްޒާއަށް ޙަމަލާދިނުން އެއްވެސް ވަރަކަށް މަޑުޖައްސާލައިފައެއް ނުވެއެވެ. ޔަހޫދީންގެ ޓޭންކަރުތައް ވަނީ ޣައްޒާ ސިޓީގެ ޒައިތޫނު އަވަށުގެ އިރުމަތީ ސަރަޙައްދުތަކަށް ވަދެ، އުތުރުގެ ގިނަ ސަރަޙައްދުތަކަކަށް ޙަމަލާދީފައެވެ. އެ ސަރަޙައްދުތަކުގައި ހުރި ހަތަރު މަދަރުސާއަކަށް ވެސް ބޮން އަޅާފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 38 ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޒައިތޫންގައި ޝަހީދުކޮށްލި 10 މީހުންނާއި ޚާން ޔޫނިސްގައި ޝަހީދުކޮށްލި 13 މީހުން ވެސް ހިމެނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިން ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.
ޣައްޒާގެ ރައްޔިތުން ސިފަކުރިގޮތުގައި ފާއިތުވި 24ގަޑިއިރުގެ ތެރޭގައި ޔަހޫދީން އުތުރު ޣައްޒާއަށް ދީފައިވާ ޙަމަލާތަކަކީ ފަހުގެ ހަފްތާތަކުގައި ޣައްޒާއަށް ދީފައިވާ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެވެ. ޣައްޒާގެ ރައްޔިތަކު ބުނީ ޔަހޫދީންގެ ޙަމަލާތައް މެދުކެނޑުމެއްނެތި ދެމުންދިޔަ ކަމަށާއި ގޭގެއާއި މަދަރުސާތަކަށް ބޮން އަޅާފައިވާ ކަމަށެވެ. އެ ޙަމަލާތަކުގެ ބާރުގަދަކަމުން ބިންގަނޑު ގުޑައިގެންދާއިރު ބިންހެލުމެއް އައުމާ އެއްގޮތް ކަމަށް ބައެއް މީހުން ވަނީ ސިފަ ކޮށްފައެވެ. ޣައްޒާ ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ވިލަރެސްކުރާ މިޞްރާއި ޤަޠަރުން ދަނީ އަލުން މަޝްވަރާތައް ފެށޭތޯ ކުރަމުންދާ މަސައްކަތް އިތުރުކޮށްފައެވެ. ނަމަވެސް މަޝްވަރާތައް ފެށޭނެ ތާރީޚެއް މިހާތަަނަށް ކަނޑައަޅާފައެއް ނުވެއެވެ. މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އޮތް މައިގަނޑު ހުރަހަކީ ޔަހޫދީން ޙަމާސުން ހަތިޔާރު ތިރިކުރުމަށް ޝަރުތުކުރުމެވެ. ޔަހޫދީން ބުނަނީ ދާއިމީ ގޮތަކަށް ޢުދުވާން ހުއްޓާލެވޭނީ ޙަމާސް ނައްތާލެވުމުން ކަމަށެވެ. ނަމަވެސް ޙަމާސުން ބުނަމުން ދަނީ ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓާނުލާނަމަ އެއްބަސްވުމަކާ ހަމައަށް ނާދެވޭނެ ކަމަށާއި ހަތިޔާރު ތިރިނުކުރާނެ ކަމަށެވެ.
ޔަހޫދީންގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ބުނީ 60 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓާލައި އަސީރުން ބަދަލުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށެވެ. ޔަހޫދީން އެ ހުށަހެޅުން ބަލައިގަނެފައިވާ ކަަމަށާއި ގޮތް ނިންމާނީ ޙަމާސުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެމެރިކާގެ ހުށަހެޅުމުގެ ދަށުން ޙަމާސުން މިނިވަން ކުރުމަށް ހުށަހަޅާފައި ވަނީ ފަލަސްޠީނުގެ ޤައިދީންގެ ބަދަލުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ދެބައި ކުޅަ އެއްބައެެވެ. ބާކީތިބި އަސީރުން މިނިވަން ކުރާނީ ޢުދުވާން ހުއްޓާލާނެ ކަމުގެ ޔަޤީންކަން ލިބުމުން ކަމަށް އެ ހުށަހެޅުމުގައިވެއެވެ. ޙަމާސްގެ ބެލުމުގައި ދަށުގައި އަދިވެސް 50 އަސީރުން ތިބި ކަމަށް ބެލެވޭއިރު، މި ވަގުތު އޭގެ ތެރެއިން ދިރިތިބީ 20 ވަރަކަށް މީހުން ކަމަށް ޤަބޫލު ކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
